ޗައިނާއިން ފެން ޕަމްޕް ހަދިޔާ ކުރި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ޗައިނާގެ ކުންފުންޏެއްކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ) ގެ ފަރާތުން ރާއްޖެއަށް ފެން ޕަމްޕުތަކެއް ހަދިޔާކޮށްފިއެވެ. މި ފެން ޕަމްޕުތައް ހަދިޔާކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮތް ހަފްލާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޗައިނާއިން ހަދިޔާކުރި ފެން ޕަމްޕުތަކާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ސީއެމްއީސީގެ ފަރާތުން މި ފެންޕަމްޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލިއު ޝިޔައޮޑާއެވެ. މިތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ. ޗައިނާއިން ހަދިޔާކުރި ފެން ޕަމްޕުތައް -- ފޮޓޯ: ރައީސް އޮފީސް މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އިން ބުންޏެވެ. މި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ސީއެމްއީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ