މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އާ ހެޑްކުއާޓަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ޤާއިމުކުރައްވާފައިވާ އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އައު އިމާރާތް ހުޅުވުން އޮތީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިހްސާން، އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ހިމެނިގެން ދިދަބިސީގައި ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި އެމް.ސީ.އެސްގެ ދިދަ ނަންގަވާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކަރެކްޝަނުގެ އާ ހެޑްކުއާޓަރު ... ފޮޓޯ: ރައީސް އޮފީސް
ހެޑްކުއާޓަު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ހުސައިން ޒަރީރު ވިދާޅުވީ، ކުރިއާ ހިލާފަށް އަދުގެ ސަރުކާރުން ޖަލުތަކުގެ އިންސާނީ ވަސީލަތްތައް ގާއިމްކުރުމުގެ ކަންކަން ކުރިއަށްދާކަމަށެވެ. އެގޮތުން މީގެ ކުރިން ޖަލުގެ ގައިދީން އުފުލުމަށް އެމްބިއުލާންސެއް ނޯންނާއިރު، ކަރެކްޝަނަށް އެމްބިއުލާންސް ހޯދުމުގެ ކަންކަން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަރެކްޝަނުގެ އާ ހެޑްކުއާޓަރު ... ފޮޓޯ: ރައީސް އޮފީސް
ކަރެކްޝަނުގެ މި ހެޑްކުއާޓަރަކީ ފުރަތަމަ ފަހަރަށް އެ މުއައްސަސާގެ އަމިއްލަ ބިމެއްގައި ތަރައްޤީކުރި ފުރަތަމަ ހެޑްކުއާޓަރެވެ. އެމްސީއެސްގެ ހެޑް ކުއާޓަރު 2 ފަންގިފިލާގެ މައްޗަށް އެކުލެވޭއިރު މިއީ 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. އެމް.ސީ.އެސް ހެޑްކުއަރޓަރސްއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ތާރީޚީ ޒިޔާރަތުގައި އެމަނިކުފާނު ވަނީ، ހެޑްކުއަރޓަރސްގެ އައު އިމާރާތް ބައްލަވާލައްވާފައެވެ. މި އިމާރާތުގެ މަސައްކަތް ނިންމާފައިވަނީ އަމަލީ މަސައްކަތް ފެށިތާ 16 މަސްދުވަހުގެ ތެރޭގައެވެ. މި ހެޑްކުއަރޓަރުގައި 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނޭކަމަށް އެ އިދާރާއިން ބުނެއެވެ.
ކަރެކްޝަނަލް ސާވިސްގެ އާ ހެޑްކުއާޓަރު ރައީސް ހުޅުވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ