ހދ އަތޮޅު ކައުންސިލުން، އަތޮޅުގެ ރަށްތަކަށް ބަގީ ގަތުމަށް ދޫކުރާ ފައިސާގެ އެއްބަސްވުންތަކުގައި ކައުންސިލްތަކާއެކު ސޮއިކޮށްފި އެވެ.
ކުޅުދުއްފުށި ހިމެނޭހެން އަތޮޅުގެ ހުރިހާ ރަށަކަށް ބަގީ ދިނުމަށް އަތޮޅު ކައުންސިލުން ނިންމީ މިއަހަރުގެ މެއިމަހުގެ ތެރޭގައި އެވެ. ހުރިހާ ރަށަކަށް ބަގީ ގަތުމަށް ކަނޑައެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 1،017،636.00 ރުފިޔާ އެވެ.
ކައުންސިލުންތަކަށް ބަގީ ގަތުމަށް ބޭނުންވާ ފައިސާ ދޫކުރުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. މި މަޝްރޫއުގެ ދަށުން 8 ޝީޓްގެ ބަގީއެއް ގަތުމަށް ކޮންމެ ކައުންސިލަކަށް 91،538 ރުފިޔާ ދޫކުރަން އެއްބަސްވެފައިވެ އެވެ.
އަތޮޅު ކައުންސިލުގެ މާލިއްޔާއިން ރަށްތަކަށް ބަގީ ގަތުމަށް ހުށަހެޅީ ނެއްލައިދޫ ކައުންސިލުގެ ރައީސް މުހައްމަދު އަލީފެވެ.
ބައެއް އަތޮޅު ކައުންސިލްތަކުން އެއަތޮޅުތަކުގެ ރަށްތަކަށް ބަގީ ގަތުމުގެ މަޝްރޫއުތައް ހިންގާފައި އެބަހުއްޓެވެ. އެގޮތުން ހއ އަތޮޅު ކައުންސިލުންވެސް އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ބަގީ ހަދިޔާކޮށްފަ އެވެ.
އަތޮޅުގެ ރަށްތަކަށް ބަގީ ގަތުމަށް ބޭނުންވާ ފައިސާގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ