މި އަހަރު ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި “އަމާން އުދަރެސް” ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 14 ޓަވަރުގެ ތަޅުދަނޑިތައް މި ހަފްތާގައި ހަވާލުކުރާނެ އައްޑޫގެ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެކަމަށް

މާލެސިޓީ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ވަޒީފާގެ ނިސްބަތް ދެނެގަތުމަށް، “މޯލްޑިވްސް ބިއުރީ އޮފް ސްޓެޓިސްޓިކްސް” އިން ކުރިއަށްގެންދިއަ “ލޭބަރ ފޯސް ސާވޭ” ނިންމައި ރިޕޯޓް އާއްމުކޮށްފިއެވެ.
“ލޭބަރ ފޯސް ސާވޭ” ގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓް ނިންމައި އެމް.ބީ.އެސް ގެ ވެބްސައިޓްގައި އާއްމުކޮށްފައިވާއިރު މި ސާވޭގެ ރިޕޯޓް ލޯންޗް ކުރުމަށް އިއްޔެ ހެނދުނު ޗަންޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތުގައި ރިޕޯޓް ލޯންޗްކޮށްދެއްވީ މި އައި.އެލް.އޯ އިން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑައިރެކްޓަރ ޖޯނި ސިމްޕްސޮން އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، “މޯލްޑިވްސް ބިއުރީ އޮފް ސްޓެޓިސްޓިކްސް” ގެ ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވިދާޅުވީ، މި ސަރވޭ އަކީ، ހަމައެކަނި އަދަދުތަކެއް ހޯދުމަށް ކުރެވުނު ސާވޭއެއްގެ އިތުރަށް މާ ފުޅާ ދާއިރާއެއްގައި ބޭނުން ހިފޭނެ ސާވޭއެއް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، މި ސާވޭއިން ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި ވަޒީފާއެއް ހޯދަން މަސައްކަތް ކުރާ މީހުންގެ ނިސްބަތް ދެނެގަނެވޭނެ ކަމަށެވެ. އަދި، ވާޒީފާއެއް ނެތި ތިބި ރައްޔިތުންގެ ހާލަތު ދެނެގަނެވި، ޖުމްލަކޮށް ރާއްޖޭގެ އިގްތިސޯދީ ހާލަތު ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް މި ސާވޭގެ ހޯދުންތަކުން، ވާޒީފާ ހޯދުމަށް ހުރި ގޮންޖެހުން ތަކަކީ ކޮބައިކަން ދެނެގަނެވި، އެކަން ހައްލުކުރުމަށް ޕޮލިސީ ލެވެލްގައި ނިންމާ ނިންމުންތަކަށް އެހީތެރިވެދޭނެކަށްވެސް އައިޝަތު ހަސަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލޭގެ އާބާދީ ދުވަހެއް ދުވަހަށް އިތުރުވެ އަވަސް ބަދަލުތަކެއް އަންނަމުންދާއިރު، މިފަދަ ސޭވޭއަކުން އެއްކުރެވޭ މައުލޫމާތުގެ ބޭނުން ޕޮލިސީ ލެވެލްގައި ބޭނުންކުރެވި، ވަޒީފާގައި އުޅޭ މީހުންނާއި ވަޒީފާ ނެތް މީހުންގެ ނިސްބަތް ދެނެގަނެވި، ވަޒީފާ އަދާކުރާ ބިދޭސީންނާއި، އަންހެނުންގެ ނިސްބަތްވެސް ދެނެގަނެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް މި ސާވޭއިން ދެމެހެއްޓެނިވި ޤައުމީ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމަށް ވަރަށް މުހިންމު މައުލޫމާތެއް މައިގަނޑު ތިން ދާއިރާއަކުން އެއްކުރެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރަށް، ދިރާސާކުރާ ފަރާތްތަކާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މުހިންމު ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެކަންވެސް ޗީފް ސްޓެޓިސްޓީޝިއަން އައިޝަތު ހަސަން ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރވޭ އިން ވަނީ، ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދެނެގަނެވި އިގުތިޞާދީ ގޮތުން ހަރަކާތްތެރިވާ އާބާދީ އާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަނެ މާލެ ސަރަހައްދަށް ހިޖުރަކުރާ އާބާދީގެ މިންވަރު ދެނެގަނެފައެވެ. މި ސާވޭއިން ދައްކާގޮތުގައި، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަޒީފާ އަދާކުރާ އުމުގެ ގާތްގަނޑަކަށް 187،000 މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެބަޔަކީ ދިވެހިންނެވެ. އަދި ތިންބައިކުޅަ އެއްބަޔަކީ ބިދޭސީންނެވެ. އަދި ވަޒީފާ އަދާކުރާ އުމުރުގެ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން ތިން މީހަކު ވަޒީފާ އަދާކުރެއެވެ. އެއީ 74.8 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 140،255 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ