މިރޭ ފުރިހަމަ ކޭތައެއް 1 ގަޑިއިރާއި 22 މިނިޓް ވަންދެން ފެންނާނެ

މިރޭ ހިފާ ހަނދުކޭތަ 1 ގަޑިއިރާއި 22 މިނިޓް ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެކަން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ.
މެޓް އޮފީހުން ބުނިގޮތުގައި މި ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައެވެ. ނަމަވެސް ލޮލަށް ފެންނަން ފަށާނީ 9:30 ގައި ކަމަށް މެޓުން ބުންޏެވެ.
''ފުރިހަމަ ކޭތައެއް ގޮތުގައި ފެންނާނީ 10:30 އިން ފެށިގެން 11:52 އާ ހަމައަށް'' މެޓުން ބުނެފަވެއެވެ.
އެހެންކަމުން މި ކޭތަ ފުރިހަމަ ކޭތައެއް ގޮތުގައި 1 ގަޑިއިރާއި 22 މިނިޓް ރާއްޖެ އަށް ފެންނަން ހުންނާނެއެވެ.
މެޓުން ބުނީ ކޭތަ އެއްކޮށް ވީލާ ނިމޭނީ މެންދަމު 1:55 ހާއިރުއެވެ.
މެޓުން ބުނީ މިރޭ ރާއްޖެ އަށް އާންމުގޮތެއް ގައި އުޑުމަތި ސާފުވާނެކަމަށެވެ.
މިރޭ މި ކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި  މިރޭ 11:12 ގައި ކޭތަ ނަމާދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.  މި ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގަ އެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ