ދިވެހިންނަށް ވަޒީފާ ހޯދާދިނުމުގެ ގޮތުން ބިދޭސީ މުއައްޒަފުން ނުގެންގުޅެވޭނެ ދާއިރާތަކެއް ކަނޑައެޅުމަކީ ސަރުކާރުން ނިންމި ރަނގަޅު ނިންމުމެކެވެ. ބައެއް ވަޒީފާ ދިވެހިންނަށް ހާއްސަ ކުރެވިގެން އެވަޒީފާތަކަށް ކޯޓާ ދޫނުކުރާގޮތަށް ނިންމި ނިންމުމަށް މަރުހަބާ ކިޔަމެވެ.
ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ބިދޭސީން ވަޒީފާ އަދާކުރުން މަނާ ވާނެ ދާއިރާތައް މިހާރު އެހުރީ ކަނޑައެޅިފައެވެ. ހަމައެއާއިއެކު މިހާރު ހުރި ކޯޓާތައް ބާތިލު ވާނެ މުއްދަތުތައް ވެސް އެވަނީ ކަނޑައަޅާފައެވެ. ސަރުކާރުން އެނިންމި ނިންމުމުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އެއް ގޮތަކަށް ވެސް ކޯޓާ ދޫނުކުރެވޭނެ ވަޒީފާތަކެއް ކަނދައެޅިގެން ދިއުމެވެ.
އެއްގޮތަކަށް ވެސް ކޯޓާ ދޫނުކުރަން ނިންމި ވަޒީފާތައް:
ބުނެވިދިޔަ ވަޒީފާތަކަށް ކޯޓާ ދޫނުކުރަން ނިންމާފައި އޮތަސް، ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެން ހުރި ނެތް މިންވަރަށް ބަލައި ބަދަލު ގެނައުމުގެ އިހުތިޔާރު އޮތުމަކީވެސް އެންމެ ރަނގަޅުކަމެކެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް އެ ވަޒީފާތަކަށް ކޯޓާ ދޫކުރާނެ ވަޒީފާތަކެއްވެސް ވަނީ ކަނދައަޅާފައެވެ. މިހާރު ހުރި ކޯޓާތައް ބާތިލުކޮށް ކޯޓާ ދޫކުރާނެ ވަޒީފާތަކަކީ:
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ވެސް މިހާރު ހުރި ކޯޓާތައް ބާތިލުކޮށް އެ ވަޒީފާތަކަށް ކޯޓާ ދޫނުކުރާނެ ވަޒީފާތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. މިހާރު ހުރި ކޯޓާތައް ބާތިލުކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކޯޓާ ދޫނުކުރާނެ ވަޒީފާތަކަކީ:
ހަމައެގޮތަށް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް، އެ ވަޒީފާތަކަށް ކޯޓާ ދޫނުކުރާނެ ވަޒީފާތަކަކީ:
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައިވެސް މިހާރު ހުރި ކޯޓާތައް ބާތިލުކޮށް ކޯޓާ ދޫނުކުރާނެ ވަޒީފާތަކެއްވަނީ ކަނޑައަޅާފައެވެ. އެ ވަޒީފާތަކަކީ:
ދިވެހިންނަށް ހާއްސަކުރަން ނިންމި ވަޒީފާތަކުގައި މިހާރު ވެސް ގިނަ އަދަދަކަށް ބިދޭސީން އެބަތިއްބެވެ. މިގޮތަށް ހަމަޖެހުމުން ޓޫރިޒަމް ދާއިރާގެ ވަޒީފާތަކާއި، ބިއުޓީޝަނުންނާއި ނަރުހުންގެ ގޮތުގައި އުޅުމަށް ދިވެހީންނަށް ފުރުސަތު ފަހިވެެންދާނެއެވެ. މިހާރު ކިޔަވަމުންދާ ގިނައަދަދެއްގެ ޕައިލެޓުންނަށްވެސް ރާއްޖޭން ވަޒީފާގެ ފުރުސަތު ލިބިގެން ދާނެއެވެ.
ރައީސް މުއިއްޒަށް ތައުރީފް ހައްގު ފައިދާހުރި ނިންމުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ