ދިވެހި ރައްޔިތުން ތިބީ ސާބިތުކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ކަމަށް ޕީއެންސީގެ ޗެއާޕަސަން އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި އެ ޕާޓީން ބާއްވަން ނިންމާފައިވާ ޖަލްސާގެ ތައްޔާރީތަކުގެ ތެރެއިން މިއަދު ނޫސްވެރިންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވީ އެ ޖަލްސާ ވާނީ ވެސް ރައީސާ އެކު ރައްޔިތުން ތިބިކަން ސާބިތުކޮށް ދޭނެ ޖަލްސާއަކަށް ކަމަށެވެ.
އޭނަ ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން ޖަލްސާގައި ބައިވެރިވާން ރާއްޖޭގެ ހިސާބުތަކުން އަންނާނީ މިހާތަނަށް ރައީސް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ.
އަބްދުއްރަހީމު ވިދާޅުވީ ހުކުރި ދުވަހުގެ ބާއްވާ ފޯރި ގަދަ ބޮޑު ޖަލްސާގެ ތެރެއިން ވެސް އުންމީދު އާވާނެ އިތުރު އެތައް ކަމެއް ރައީސް އިއުލާން ކުރައްވާނެ ކަށެވެ.
"ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ. ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ،" އަބްދުއްރަހީމު ވިދާޅުވި އެވެ. "އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން ރައްޔިތުން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން."
އޭނަ ވިދާޅުވީހު އާޓިފިޝަލް ބީޗަށް ދިވެހި ރައްޔިތުން ޖަމާވަނީ ވާދަވެރި ފިކުރުގެ މީހުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާތީ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭގެ ޖަލްސާ އިން ރާއްޖެ އޮތީ ކިހިނެއްކަން އަދި ރައްޔިތުން ތިބީ ކިހިނެއްކން ސާފުކޮށް ފެނިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުން ތިބީ ރައީސް މުއިއްޒާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ