އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ހިދުމަތްދޭ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހިދުމަތްތައް އާ ޓާމިނަލުން ދޭން މިއަދު ފަށައިފި އެވެ.އާ ޓާމިނަލުން އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.މި ރަސްމިއްޔާތުގައި އެމިރޭޓްސް އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައިވެ އެވެ.އެމިރޭޓްސްއަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 37 އެއާލައިނެވެ.އެމްއޭސީއެލް އިން ހިންގާ ވީއައިއޭގެ ޓާމިނަލް ރަސްމީކޮށް ހުޅުވީ މިދިޔަ ޖުލައި 26 ގަ އެވެ.އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.ވީއައިއޭގެ އާ ޓާމިނަލަކީ އަހަރެއްގެ މައްޗަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ