ވެލާނާ އިންޓަނޭޝަނަލް
އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް 1)ގެ "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފިއެވެ.
އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި
ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް
މުހައްމަދު ޝަރީފުއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ
މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ
އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ
އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ލައުންޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ
ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ
އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށެވެ.
ވީއައިއޭ އައު ލައުންު ހުޅުވުން... ފޮޓޯ: އެމްއޭސީއެލް
އެހެންކަމުން އެއާޕޯޓު ތަރައްގީކޮށް
ޒީނަތްތެރިކޮށް, ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް
އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ޤައުމީ ގޮތުން ފާހަގަކޮށްލެވޭފަދަ ބުރަ މަސައްކަތްތަކެއް ކުރަްވަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވީއައިއޭ ޓާމިނަލް 1 ގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ
1,230 އަކަމީޓަރު ބޮޑު ތަނެކެވެ. އެމްއޭސީއެލުން ބުނީ މިތަނުން އެއްފަހަރާ 270 މީހުންނަށް ހިދުމަތް
ދެވޭނޭ ކަމަށެވެ.
ވީއައިއޭ އައު ލައުންު ހުޅުވުން... ފޮޓޯ: އެމްއޭސީއެލް
ޒަމާނީ ވަސީލަތްތަކާއެކު ފަސިންޖަރުންނަށް
ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިން
ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ހާއްސަ
ފެސިލިޓީތައް ހަދާފައިވެއެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި
ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހިމެނެއެވެ.
ވީއައިއޭ އައު ޓާމިނަލް ހުޅުވާފައިވަނީ ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. އައު ޓާމިނަލް ހުޅުވީ ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމާ ގުޅުވައިގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1ގެ "ކޮވެލި" ލައުންޖު ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ