ޑެޕިއުޓީ މިނިސްޓަރެއްގެ އާއިލާ ބަޔަކު ޔާމީނާ ބައްދުލުކުރުމުން ސަސްޕެންޑުކޮށްފި ޑެޕިއުޓީ މިނިސްޓަރެއްގެ އާއިލާ ބަޔަކު ޔާމީނާ ބައްދުލުކުރުމުން ސަސްޕެންޑުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު ސުޖާއުގެ އާއިލާ ބަޔަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދުލުކުރުމުން އޭނާ ހުރި މަގާމުން މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސުޖާއު މަގާމުން ސަސްޕެންޑުކުރީ ޔާމީނާ އޭނާގެ ބޭބެ ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހު އާއި ޅިޔަނު އިހަވަންދު ކައުންސިލްގެ ނައިބު ރައީސް، މުހައްމަދު އަރީބް ބައްދަލުކުރުމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ ސުޖާއު މަގާމުން ސަސްޕެންޑުކުރިކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑުކުރީ ކޮން ސަބަބަކާ ގުޅިގެންކަން ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ސިޔާސީ ގޮތުން މަގާމުތަކަށް އައްޔަންކުރާ ބޭފުޅުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑެއް އޮންނާނެ ކަމަށާއި އެ މިންގަނޑާ ހިލާފުވީމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސުޖާއު ސަސްޕެންޑުކޮށްފައި ހުރީ މުސާރަ ލިބޭ ގޮތަށެވެ.
ސުޖާއުގެ ޅިޔަނު އިހަވަންދު ކައުންސިލްގެ ނައިބުރައީސް، މުހައްމަދު އަރީބް ޔާމީނާ ބައްދަލުކުރުމުގެ ސަބަބުން އިހަވަންދޫގެ އާމިނާދިޔެ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހުންނެވި އޭނާގެ ދައްތަ ޝަހުމާ މޫސާ ވެސް ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.
އިހަވަންދޫގެ ކައުންސިލަރުން ޔާމީނާ ބައްދަލުކުރެއްވީ ހއ. ދިއްދޫގައި މިދިޔަ މަހު 26، ގައި ބޭއްވި ތިލައުތުރު އެވޯޑުގެ ހަވާސާގަ އެވެ. އެ އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޔާމީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ