ތަވްހީދުގެ މައްޗަށް އަލިއަޅުވާލައި އަލް-އަސްރުން ކުރިއަށް ގެންދާ "އައްޑަނަ" ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު

ތަވްހީދުގެ މައްޗަށް އަލިއަޅުވާލައި، އަލް ޢަސްރުން ކުރިއަށް ގެންދާ އައްޑަނަ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 
16 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕް އޮންނާނީ މި މަހުގެ 28 އަދި 29 ވަނަދުވަހު ކަމަށް އަލް ޢަސްރުން ބުނެއެވެ. 
އަދި މި ވޯކްޝޮޕް ގައި ކިޔަވައިދެއްވާނީ ދީނީ ޢިލްމުވެރިޔާ އައްޝެއިޚު ސާޖިދު މުހައްމަދު ކަމަށްވެސް ބުނެފައިވެއެވެ. 
މި ވޯކްޝޮޕް މެދުވެރިކޮށް ބައިވެރިންނަށް ތަވްހީދާއި ގުޅުން ހުރި ގިނަ ކަންކަން އުނގަންނައި ދެވިގެންދާނެ ކަމަށް އަސްރުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ތަވްހީދު އުނގެނެންވީ ސަބަބުތަކާއި، ތަވްހީދު ބައިތަކުގެ އިތުރުން ޝިރުކު ކުރުމުގެ ނުބައިކަމާއި ޝިރުކުގެ ބާވަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. 
މީގެ އިތުރުން ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ރިސާލަާއިމެދު އުފައްދާ ސުވާލުތަކާއި މެދު ޢިލްމީ ނަޒަރަކުން ޖަވާބުދެވިގެންދާނެ ކަަމަށްވެސް ބުނެފައިވެއެވެ. 
މި ވޯކްޝޮޕް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް 7925277 އަށް އެސްއެމްއެސް ކުރުމަށް އަލް އަސްރުން އެދެއެވެ. 
- ނަން
- އުމުރު
- ގުޅޭނެ ނަންބަރު
- އީމެއިލް އެޑްރެސް
މީގެ ކުރިންވެސް އަސްރުން ވަނީ އައްޑަނަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ވޯކްޝޮޕްގައި އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ