އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ކަންކަން ނުކުރޭ: ރައީސް
އިސްލާމީ ހުދޫދުން ބޭރު ނުވުމަށް ގޮވާލައްވައި، ފިލްމު އިންޑަސްޓްރީއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަސޭހަތެއް ދެއްވައިފި އެވެ.ރައީސް މީގެ އިރުކޮޅެއް ކުރިން އެކްސްގައި އެ ކަމަށް އެދިވަޑައިގަތީ، އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު "ލިލީ" ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ދިޔަ ފިރިހެނެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ.ސީދާ އެ މައްސަލައިގެ ވާހަކަ ރައީސްގެ ޕޯސްޓުގައި ވިދާޅުނުވި ނަމަވެސް އެ މަނިކުފާނުގ ވިދާޅުވީ، އިސްލާމްދީނުގެ ހުދޫދުން ބޭރު ނުވެ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށެވެ.ރައީސް އެފަދައިން ނަސޭހަތް ދެއްވިއިރު، ވަރަށް ފަހުން ޕްރިމިއާ ކުރި ފިލްމެއްގައި ފިރިހެނަކު ލައިގެން ހުރި ހެދުމަކާ ގުޅިގެން ސޯޝަލްމީޑިއާގައި އެ މީހާއަށް ފާޑުކިޔުން އަމާޒުވެފައެވެ. އަދި ވަރަށް ގިނަ ބަޔަކު އެކަމަށް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ