ރ. އަލިފުށި މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް އެއްބަސްވީ ގޮތަށް ނުނިންމުމާ ގުޅިގެން ސަރުކާރުގެ ޕްރޮޖެކްޓުތައް ނުލިބޭ ކުންފުންޏެއްގެ ގޮތުގައި އިއްޔެއިން ފެށިގެން އިތުރު ދެ އަހަރު ދުވަހަށް ވޯޓާ ޕާކް މޯލްޑިވްސްގެ މުއްދަތު ދައްމާލައިފި އެވެ.
ވޯޓާ ޕާކް މޯލްޑިވްސް އަކީ މީގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީން ޑީބާ ކުރި ކުންފުންޏެކެވެ. އެ ފަހަރު އެ ކުންފުނި ދެ އަހަރު ދުވަހުގެ މުއްދަތަށް ޕްރޮޖެކްޓު ނުލިބޭ ލިސްޓަށް ލީ، ވ. ކެޔޮދޫގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރަން ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމައިގެންނެެވެ.
ކެޔޮދޫ ޕްރޮޖެކްޓު މައްސަލައިގައި ވޯޓާ ޕާކު ސަސްޕެންޑު ކުރީ އޮގަސްޓު 30، 2023 އިން ފެށިގެން ދެ އަހަރު ދުވަހަށެވެ. އެ މުއްދަތު ހަމަވީ އިއްޔެ އެވެ.
ފިނޭންސްގެ ޑީބާޑް ލިސްޓުގައި އޮންނަ މުއްދަތުގެ ތެރޭގައި ދައުލަތުގެ ޕްރޮކިޔުމަންޓެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. އެއްވެސް މަޝްރޫއަކަށް ކުރިމަތި ނުލެވޭނެ އެވެ. އަދި އެއްވެސް މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭން ވެސް ކުރިމައްޗެއް ނުލެވޭނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ޑީބާޑް ކުންފުނިތަކުގެ ލިސްޓު
މާލިއްޔަތު ގަވާއިދުގެ ދަށުން އެއްބަސްވުންތަކާ އެއްގޮތަށް މަަސައްކަތް ނުކުރާ ކުންފުނިތައް ޑީބާ ކުރަމުން އަންނަ އިރު، އަމިއްލަ ކުންފުނިތަކާ ހަވާލުކުރާ މަޝްރޫއުތައް ނުނިމޭ މައްސަލަ ބޮޑެވެ. މި މައްސަލައިގައި އަމިއްލަ ކުންފުނިތަކުން ބުނަނީ މަސައްކަތްތައް ނުނިމެނީ ސަރުކާރުން ގަވާއިދުން ފައިސާ ނުދޭތީ ކަމަށެވެ.
މިގޮތުން ފައިސާ ނުދައްކާ ހުރި ބިލުތަކުގެ އަދަދު ގުނަނީ ބިލިއަނުންނެވެ. މި މައްސަލައިގައި ސަރުކާރު ޕްރޮޖެކްޓުތަކަށް ގިނަ ކުންފުނިތަކުން ކުރިމަތިނުލާ ކަމަށް ވެސް އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނެފައި ވެ އެވެ.
ވޯޓާ ޕާކް މޯލްޑިވްސް ދެވަނަ ފަހަރަށް ޑީބާ ކޮށްފި ވޯޓާ ޕާކް މޯލްޑިވްސް ދެވަނަ ފަހަރަށް ޑީބާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ