ގިނަ ގޭމުތަކާއެކު އަންނަ ހުކުރު ދުވަހު ފުވައްމުލަކުގައި އައިލެންޑް ކާނިވަލް ފަށަނީ
ގިނަ ގޭމުތަކަކާއި، ފޯރިގަދަ ލައިވް މިއުޒިކް ހުށަހެޅުންތަކާއެކު އެޑްވެންޗާ އަޕްއިން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި ބާއްވާ އައިލެންޑް ކާނިވަލް އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ. ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކާނިވަލްގައި އަތޮޅުތެރޭގައި ތަޖުރިބާ ކޮށްލަން އާންމުކޮށް ނުލިބޭ ފަދަ ތަފާތު ގޭމުތައް ވަނީ ހިމަނާފައެވެ. އެގޮތުން، ބުލް ރައިޑިންއާއި ވައިޕްއައުޓާއި ރިފްލެކްސް ގޭމާއި ލޭޒާ ޓެގާއި ގްލެޑިއޭޓާ ޑުއެލްއާއި 360 ވީޑިއޯ ބޫތު ފަދަ ގޭމުތައް ހިމެނެއެވެ. ހަމައެހެންމެ، މި ހަރަކާތުގައި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެތެރޭގައި، އަބްދުﷲ ހިޝާންއާއި މުޙައްމަދު ނަސޫޙު ބިން ނަސްރުއްދީން އަދި އެ ނޫނަސް މަޝްހޫރު މިއުޒިކް ފަންނާނުންގެ ލައިވް ހުށަހެޅުންތައް ފެންނާނެއެވެ. މީގެ އިތުރުން ރާއްޖޭގައި މަޝްހޫރު ބޭންޑެއް ކަމަށްވާ ކްލިއޯ ބޭންޑުގެ ހުށަހެޅުންތައް ވެސް މި އިވެންޓުގައި ފެންނާނެއެވެ. އައިލެންޑް ކާނިވަލްގައި ކްލިއޯ ބޭންޑާއި ނަސޫހު ޕާފޯމްކުރާނެ -- ފޮޓޯ/ އެޑްވެންޗާ އަޕް މި އިވެންޓުގެ ޕްރިމިއަމް ޕާޓްނަރުންނަކީ ހެޕީ މާކެޓާއި ހައި އެންޑް އިންޓަނޭޝަނަލްއާއި ލައިޓް ހައުސް މޯލްޑިވްސްއެވެ. އިތުރު ޕާޓްނަރުންގެ ތެރޭގައި، މުލާ މޯލްޑިވްސްއާއި، ބޯޑް ގޭމްސްއާއި އިނާހް ޝާކްއާއި ފުވައްމުލައް ސިޓީ ކައުންސިލްގެ އިތުރަށް އިކެބަނާ ހިމެނެއެވެ. https://sun.mv/209900 ފުވައްމުލަކުގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ މި ކާނިވަލަކީ އެކިކަހަލަ ކާނިވަލް އެންޓަޓެއިންމަންޓް ގޭމްތައް ތަޖުރިބާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ފުވައްމުލަކު ސިޓީގައި ކާނިވަލްގެ ފުރަތަމަ އިވެންޓު ބާއްވާއިރު، އެޑްވެންޗާ އަޕްގެ އަމާޒަކީ އެ ކާނިވަލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ތާރީޚުތަކުގައި ބޭއްވުމެވެ. އައިލެންޑް ކާނިވަލްގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ