މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދު އަލުން ފުލުހުންގެ ވަޒީފާއަށް މިއަދު ނިކުންނަން ފައްޓަވައިފި އެވެ.
ކުރީ ސަރުކާރުގައި މި ދެ އޮފިސަރުން ހިމެނޭހެން ފުލުހުންގެ ވެރީންތަކެއް ވަޒީފާއިން ވަކިކުރަން ނިންމީ ޕޮލިސް ބޯޑްގެ ލަފަޔަށެވެ. ނަމަވެސް އަވަސޤ އަރުވާލައިގެން ވަޒީފާއިން ވަކިކުރީ މި ދެ ބޭފުޅުންނެވެ. ދެން ތިއްބެވި ބޭފުޅުން ވަޒީފާއިން ވަކިނުކޮށް ޕްރޮމޯޝަން ދެއްވީ އެވެ. އެހެން ކަމުން އޭރުވެސް އެއީ އެއްވެސް އިންސާފުވެރި ކަމެއް ނެތި ނިންމި ނިންމުމެއް ކަމަށް އޮތީ ބެލެވިފަ އެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ތިއްބެވި އެ ދެ ބޭފުޅުން އަލުން މަގާމަށް އިޔާދަކޮށް މިއަދު ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވީ އެ ދެ ބޭފުޅުން އަލުން ވަޒީފާއަށް ނެރުމަށް ކޯޓުން އަމުރުކުރުމުންނެވެ.
އެ ނިންމުމަށް އަމަލު މިކުރީ ދަށު ކޯޓްގެ ނިންމުން ދައުލަތުން ހައިކޯޓަށް ގެންގޮސް ހަައިކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނިކޮށެވެ.
ޖަމްޝީދާއި އަހުމަދު މުހައްމަދު އޭސީޕީ ރޭންކުގައި އަލުން ވަޒީފާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ