މިދިޔަ އަހަރުގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެވުމުގެ މާޔޫސްކަމުން އަރައިގަނެ، މި ފަހަރުގެ މުބާރާތުގައި އަނެއްކާ ވެސް ސިންގަލްސް ތަށި ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ގައުމީ ޓީޓީ ކުޅުންތެރިޔާ، މުހައްމަދު ޝައްފާން އިސްމާއިލް ބުނެފި އެވެ.
ގައުމީ މުބާރާތަށް މިދިޔަ އަހަރު ޝައްފާން ފިޓްކޮށް ހުރިނަަމަ، އޭނާ ނުކުންނާނީ ތަށި މިލްކުކުރުމަށެވެ. އެކަމަކު، އަނިޔާގެ ސަބަބުން މިދިޔަ އަހަރު ކުޅެވޭ ގޮތެއްނުވި އެވެ. އެހެންކަމުން، މިދިޔަ އަހަރު ދިމާވިގޮތުން އަތުން ދޫވި ބައި ހޯދުމަށް މި ފަހަރު ޝައްފާން ނުކުތީ ހާއްސަ އަމާޒެއްގަ އެވެ.
ގައުމީ ތަށި ތިން ވަނަ ފަހަރަށް ހޯދުމަށް ފަހު، ޝައްފާން، "އަދަދު ސްޕޯޓްސް" އަށް ބުނީ މި ކާމިޔާބީއާ އެކު ލިބުނު ހިތްހަމަޖެހުން ބޮޑު ކަމަށެވެ.
"އަސްލު ވަރަށް އުފާވޭ މިދިޔަ އަހަރު ނުކުޅެވި ހުރެފައި، އަނެއްކާ ވެސް މި އަހަރު ކުޅެގެން މޮޅުވީމަ، ހީކުރި ވަރަށް ވުރެން ރަނގަޅަށް މި ބުރު އަސްލު މުބާރާތް ދިޔައީ. ބައެއް އެއްޗެހިން ސިލްވާ މެޑަލެއް ލިބުނަސް އަސްލު އޯވަރޯލް ބަލާއިރު ވަރަށް ރަނގަޅު،" މީގެ ކުރިން، 2022 އާއި 2023 ވަނަ އަހަރުގެ ގައުމީ ސިންގަލްސް ޗެމްޕިއަން، ޝައްފާން ބުންޏެވެ.
ހެންވޭރު މުނިއުފާ، ގައުމީ ޓީޓީ ހޯލުގައި ކުޅުނު މި އަހަރުގެ ގައުމީ ފިރިހެން ސިންގަލްސް ފައިނަލުގައި، ޝައްފާން ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. މުންސިފް ވަނީ ފުރަތަމަ ސެޓު، 13-11 އިން ގެންގޮސްފަ އެވެ. ފަހަތުން އަރައި ޝައްފާން މޮޅުވިއިރު، ކޮންމެ ސެޓެއް ވެސް ދިޔައީ ވަރަށް ޗެލެންޖިން ކޮށެވެ. އެ ގޮތުން، ސެޓުތައް ގޮސްފައިވަނީ، 7-11، 11-13، 8-11 އަދި 16-18 އިންނެވެ. ފަހު ސެޓުގައި ފެނިގެންދިޔައީ، ފަހުގެ ތާރީހުގައި ގައުމީ ފައިނަލެއްގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ކުޅުމެވެ.
އެއް ވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ޝަައްފާން އާއި އިބްރާހިމް އައުޒަމް އަޒީމް ބަލިކޮށް ހޯދީ މުންސިފް އާއި މުހައްމަދު ޒީސްތު ނަސީމްގެ ޕެއާ އެެވެ. މިކްސް ޑަބަލްސް އިން ރަނަަރަޕަށް ދިޔައީ ފާތިމަތު ދީމާ އަލީ އާއި ޝައްފާންގެ ޕެއާ އެވެ.
ޝައްފާންގެ ބޮޑު އުފަލަކީ އެނބުރި އައިސް ރަނގަޅު ކާމިޔާބެއް ހޯދުން ޝައްފާންގެ ބޮޑު އުފަލަކީ އެނބުރި އައިސް ރަނގަޅު ކާމިޔާބެއް ހޯދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ