ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ މަރިޔަމް ޝިޔާޒާ ނަމަކަށް ކިޔާ މުވައްޒަފެއްގެ މައްޗަށް ހިޔާނާތާއި، ވައްކަމުގެ ތުހުމަތު ކޮށް، އެ ސްކޫލު ޓީޗަރުން މުޒާހަރާ ކޮށްފިއެވެ.
މި މުޒާހަރާ އާއި ގުޅިގެން ”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ބައެއް މުވައްޒަފުން ވިދާޅުވީ ޝިޔާޒާ އަންނަނީ ސުކޫލް އެޑްމިނިސްޓްރޭގެ ވަޒީފާ ހަމަޖެހުނީއްސުރެ ވައްކަން ކުރުމުގެ ވިސްނުމެއް ގެންގުޅެމުން ކަމުގައެވެ.
އެގޮތުން ޝިޔާޒާ އާއި އޭނާގެ ދަށުން މަސައްކަތް ކުރާ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަދި ސުކޫލުގެ ކުރީގެ އައިޓީ ޑިޕާޓްމެންޓުގެ އައިޓީ ޓެކްނީޝަންގެ ކުރޮޕްޝަން މުޅި ސުކޫލަށް ފޯރުވައި، ސުކޫލް ބަދުނާމުކުރުމަށް ފަހު، ސުކޫލް
ދޫކޮށް އެހެން ވަޒީފާތަކަށް ގޮސް އެތަންތަން ހަލާކު ކުރަމުން، ޣާޒީ ސުކޫލާއި ބެހޭގޮތުން ދޮގު މައުލޫމާތު ނޫސްތަކަށްދީ އެމީހުންގެ ކުށެއް ނެތްކަން ދައްކަން މަސައްކަތް ކުރަމުން ދާކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.
އަދިވެސް ސުކޫލް މުވައްޒަފުން މިނިސްޓްރީގައި އެދެމުން އަންނަނީ އެކަމުގައި ކުށްވެރިވާ ފަރާތަކަށް ހައްގު އަދަބު ދިނުމަށް ކަމަށާއި، ނަމަވެސް ޝިޔާޒާ ހިންގާ ޖަރީމާތަކަށް ފާޅުގައި މުއައްފަޒުން ތެދުވުމުން މިހާރު އޭނާގެ ވަޒީފާ މިނިސްޓްރީގެ އެހެން ސެކްޝަނަކަށް ބަދަލުކޮށްފިކަން ”ބޮންތި“ އަށް ވަނީ އެނގިފައެވެ. މައުލޫމާތު ލިބޭގޮތުގައި މިކަމުގެ ސަބަބުން އޭނާގެ ހިތްވަރު އާވެ ސުކޫލުގެ އަގުވައްޓަމުން ދާތީ، ހުރިހާ މުވައްޒަފުން ތިބީ އެކަމާ ނުހަނު ކަންބޮޑުވެފައިކަން ޓީޗަރުންގެ އިތުރުން ބައެއް ބެލެނިވެރިންވެސް ފާހަގަކުރެއެވެ.
ގާޒީ ސްކޫލު މުވައްޒަފުން ބޭނުން ކުރާ ފާހާނާގެ ދޮރު ނެތުމާއި މުސްލިމް ޝަވަރު ފާހާނާގަ ނެތްކަމުގެ ޝަކުވާވެސް އެޑިއުކޭޝަން މިނިސްޓްރީގައި މުވައްޒަފުން ކުރާތާ އެތަކެއް ދުވަހެއް ވަނީ ވެފައެވެ.
ވައްކަމުގެ ތުހުމަތު ޝިޔާޒާއަށް ކޮށް، ގާޒީ ސްކޫލު ޓީޗަރުން މުޒާހަރާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ