މީނާ ކުމާރީގެ ރޯލުން ކިއާރާ
ހިންދީ ސިނަމާގެ ރަން ޒަމާނުގެ ބަތަލާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގައި މީނާ ކުމާރީގެ ރޯލުން ފެންނާނީ ބަތަލާ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިދިޔަ އަހަރު "ކަމަލް އޯރް މީނާ"ގެ ނަމުގައި އިއުލާނުކުރި މި ފިލްމުގައި ބަތަލާގެ މީނާ ކުމާރީ ކުޅޭނެ ތަރިއަކާ ބެހޭގޮތުން މީނާ ކުމާރީ އަދި ޑައިރެކްޓަރު ކަމަލް އަމްރޯހީގެ ދަރިފުޅު ތާޖްދާރު ބުނެފައިވަނީ އެ ރޯލަށް އެންމެ އެކަށީގެންވާ ބަތަލާއަކީ ކިއާރާ އަދުވާނީ ކަމަށެވެ. އަލަތު ދަރިފުޅަށް ބަލިވެއިން ބަތަލާ މި ފިލްމަށް އަދި ސޮއިކޮށްފައި ނެތް ނަމަވެސް ފިލްމުގައި އޭނާގެ މަންމަގެ ރޯލުން ފެންނާނީ ކިއާރާ އަދުވާނީ ކަމަށް ބެލެވޭ ކަމުގައި ތާޖްދާރު ވަނީ ބުނެފައެވެ. މި ބަޔޮޕިކް ޑައިރެކްޓްރާ ސިދާތު ޕީ މަލްހޯތުރާ ވެސް ބުނެފައިވަނީ މީނާ ކުމާރީގެ ވާހަކަކިޔައިދޭ ފިލްމަށް ކިއާރާ ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. މީނާ ކުމާރީ ބަތަލާގެ ފިރިމީހާ ކަމަލް އަމްރޯހީއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް ނަމަވެސް، ފިލްމުގެ ކާސްޓުންނާ ބެހޭ ގޮތުން އޭނާ ގޮތެއް ނިންމާނީ މި އަހަރުގެ އޮގަސްޓް މަހުތެރޭ ކަމަށް ސިދާތު ވަނީ ބުނެފައެވެ. ފިލްމުގައި މީނާ ކުމާރީގެ ރޯލަށް ބަތަލާއަކު ހޯދުމަކީ ފަސޭހަކަމަކަށްވީ ނަމަވެސް ކަމަލް އަމްރޯހީގެ ރޯލަށް އެކަށީގެންވާ އެކްޓަރަކު ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމުގައި ސިދާތު ވަނީ ބުނެފައެވެ. އެހެންވެ، ފިލްމަށް ބަތަލާ އަކު ފައިނަލް ކުރާނީ ވެސް އެންމެ ފުރަތަމަ ކަމަލް އަމްރޯހީގެ ރޯލަށް ގެންނާނެ އެކްޓަރަކު ފިލްމަށް ލިބުމުން ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. މީނާ ކުމާރީއާއި ކަމަލްގެ ލޯބީގެ ވާހަކައަކީ ރޯމިއޯއާއި ޖޫލިއަޓްގެ ލޯބީގެ ވާހަކައަށް ދޫނުކުރާ ވާހަކައެއް ކަމުން ކަމަލްގެ ހިތުގައި މީނާއަށް އޮތް ލޯބީ ސިނަމާއަށް ގެނެސްދިނުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ސިދާތު ވަނީ ބުނެފައެވެ. ހިންދީ ސިނަމާގެ ފިލްމު އިންޑަސްޓްރީގެ މަސައްކަތުގެ މާހައުލުން އުފަންވި މި ލޯބީގެ ގުޅުމަކީ އަކީ އޭރު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދި ލޯބީގެ ވާހަކައެކެވެ. މީނާ ކުމާރީގެ ބައޮޕިކްއަށް ކިއާރާ ގެންނަން ވާހަކަތައް ދެކެވެމުން އަންނައިރު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހުގެ 14ގައި ރިލީޒްކުރާ ފިލްމު "ވޯ 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ