ގައުމީ ޓީމަށް ސެޝަން ނަގައިދޭން އާސެނަލްގެ ޑޮކްޓަރު ރާއްޖެއަށް

ގައުމީ ފުޓުބޯޅަ ޓީމަށް ޚާއްސަ ސެޝަނެއް ނަގައިދިނުމަށް އިނގިރޭސި ކުލަބް އާސެނަލްގެ ޓީމް ޑޮކްޓަރު ކަމަށްވާ ޑރ. އިޤްބާލް ރާއްޖެ އައުމުން މަރުހަބާ ކިޔައިފިއެވެ. އޭނާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ އެވެ. އާސެނަލްގެ އިތުރުން ޑރ. އިޤްބާލް ވަނީ އާސެނަލް، ލިވަޕޫލް، ޓޮޓްނަމް އަދި ކްރިސްޓަލް ޕެލަސްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އަދި ގިނަ ތަޖުރިބާތަކެއް ވެސް ހޯދާފައެވެ. އާސެނަލްގެ ޑޮކްޓަރާއެކު އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ-- ފޮޓޯ: އެމްއެމްޕީއާރުސީ ކުޅިވަރުން ލިބޭ އަނިޔާތަކުން ސްޕެޝަލައިޒްވެފައިވާ ފަރާތްތަކުގެ ތަޖުރިބާއާއި މަސައްކަތްތަކަކީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ. މި މަސައްކަތުގެ ދަށުން ގައުމީ ފުޓުބޯޅަ ޓީމާއެކު ޚާއްސަ ސެޝަނެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މި ސެޝަނުގައި ކުޅިވަރުން ލިބޭ އަނިޔާތަކާއި އެ އަނިޔާތަކުން ރައްކާތެރިވާނެ ގޮތްތަކާއި އެފަދަ ހާލަތްތަކުގައި ފަރުވާކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސްޕޯޓްސް މެޑިކަލް ދާއިރާއިން، ވަކިން ޚާއްސަކޮށް ފުޓުބޯޅައިން ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސެޝަނަށް ވާނެއެވެ. މީގެކުރިން ކޯޗުންނާއި ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުޅިވަރުގެ އެހެން ބައިތަކަށް ޚާއްސަ ކޯސްތަކާއި ސެޝަންތަކެއް ވަނީ ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ