މާލޭ ވަށާ ތޮށި މަރާމާތު ކުރަން ޖަޕާނުން 10.5 މިލިއަން ޑޮލަރު ދެނީ

މާލޭގެ ވަށާ ތޮށި މަރާމާތު ކުރުމަށް ޖަޕާނު ސަރުކާާރުން ދޭ އެހީއާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 'އެކްސްޗޭންޖު އޮފް ނޯޓްސް'ގައި ސޮއިކުރެއްވީ
ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ
ތަފްސީލް - މި އެކްސްޗޭންޖް އޮފް ނޯޓްސް ގެ ދަށުން މާލޭ ވަށާއިގެން ލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތަށް 10.5 މިލިއަން ޑޮލަރު ދޭނެ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލް ވަނީ މާލެ ވަށައިގެން ލާފައިވާ ތޮށީގެ މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ.
އެތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫން ކަމަށާއި އެއީ ދެ ގައުމުގެ ދުވަސްވީ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެ ތޮށި މާލެ ވަށައިގެން އޮތުމުން ރައްކާތެރިކަން ލިބުނުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދަކަށް ރާއްޖެ އިން ތާއީކުރާކަން ތަކުރާރު ކުރައްވައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ