ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން މިއަދު 11:39 ހާއިރު 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
"މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި:
ކަރަންޓު ކެނޑުނީ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުން
އެ ސަރަހައްދުގެ ބައެއް ފްލެޓުތަކަށް މިހާރު ވަނީ ކަރަންޓުގެ ހިދުމަތް ދީފައި
އަދިވެސް ގިނަ ފްލެޓުތަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭ
ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެ އެވެ.
ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ