ތިލަފުއްޓާއި ގުޅީފަޅުގެ ބިންތަކުގެ ކުލި މާދަމާއިން ފެށިގެން ދައްކަން ޖެހޭނީ އެޗްޑީސީ އަށް ޕްލާސްޓިކް ޝީޓްތަކެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ ތިލަފުށި އަދި ގުޅިފަޅުގައި ހުއްދަނެތި ބަހައްޓާފައިވާ ތަކެތި ނައްތާލަނީ މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރ

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ.
އިއްޔެ ހެނދުނު ފެށި މި މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައެވެ. މި ރަޖިސްޓްރީތައް ދޫކުރުމަށްޓަކައި، ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ދުވަހާއި ވަގުތު ކަނޑައަޅައި، އެކަމުގެ މައުލޫމާތު މިނިސްޓްރީން ވަނީ ދީފައެވެ.
ގުޅީފަޅަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކުރީ ސަރުކާރުގެ ‘ބިންވެރިޔާ ސްކީމް’ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ.
މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވީ، ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްވީހާ ވެސް އަވަހަކަށް ނިންމައި، ގޯތި ލިބިފައިވާ ފަރާތްތަކަށް ބިމުގެ ބާރާއި މިލްކުވެރިކަން އަވަހަށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ގުޅީފަޅު ތަރައްގީކޮށް ނިންމުމަށްފަހު, އެތަނުގައި ދިރިއުޅުން ފެށުމުގެ ފުރުސަތު ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ