މަގު ހަދާތީ އެއާޕޯޓުގެ ޓްރެފިކަށް ވަގުތީ ބަދަލެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުންނަ މަގުގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ވަގުތީ ގޮތުން ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށް އަމާޒު ހިފާ، މަސައްކަތް ކުރަމުން އަންނައިރު އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ ލޭންޑް ސައިޑް މަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރުމަށް މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
ތަފްސީލް - މި ދުވަސްތަކުގައި، އާންމުކޮށް ދެ ލޭނަށް ދުއްވަން އޮންނަ މަގު ބަންދުކޮށް ޓްރެފިކަށް ބޭނުންކުރާނީ އާ ޓާމިނަލް ކުރިމަތިން އޮންނަ މަގެވެ.
ޓެކްސީ ކިޔު ވެސް ވަނީ ހުޅަނގުފަރާތު ޕާކިން އާ ދިމާއަށް ވަގުތީ ގޮތުން ބަދަލުކޮށްފައި
ޓެކްސީ ޑްރޮޕްއޮފް އަދި އެމްޓީސީސީ ބަސް ސްޓޮޕަށް ބަދަލެއް ނާދޭ
އުތުރުން ދެކުނަށް ޓްރެފިކް ޔޫޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޯސްޓު ކައިިރިން
ފާހަގަކޮށްލެވޭ - ޓާމިނަލް ހުޅުވުމަށް ފަހު އޮގަސްޓް މެދާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ގައުމީ އެއާލައިނުންނެވެ. އަދި އެއަށް ފަހު އޮގަސްޓުގެ އެ ތާރީހުން ފެށިގެން 10 އެއާލައިނެއް އާ ޓާމިނަލަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން: 
ހުރިހާ އެއާލައިންތަކެއް އާ ޓާމިނަލަށް ބަދަލުކޮށް ނިމޭނީ ސެޕްޓެމްބަރަށް
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ