ފިޔާ ހުސްވުމުން، އެސްޓީއޯއިން ފިޔާ ސްޓޮކެއް ގެންނަނީ
މާލޭ ބާޒާރުން މިއަދު ފިޔާ ހުސްވުމުން، އެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ސްޓޮކެއް އެތެރެކުރުމަށް އެސްޓީއޯއިން ނިންމައިފިއެވެ. ވިޔަފާރިވެރިން ބުނި ގޮތުގައި، މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވީ ފިޔާ ގެންނަ ބޯޓު މާލޭ ބަނދަރުގައި އޮތް ނަމަވެސް، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މުދާ ކްލިއާކުރުން މެދުކެނޑުމުންނެވެ. އެހެންވެ، މިހާރު ފިޔާ ލިބެނީ މާލޭގެ ކުދި ފިހާރަތަކުންނެވެ. https://sun.mv/209234 އެކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން، އެސްޓީއޯއިން ބުނީ، މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ފިޔާ ސްޓޮކެއް އެތެރެކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި، އުންމީދަކީ ވީއެންމެ އަވަހަށް އެ ސްޓޮކް ލިބުން ކަމަށް އެސްޓީއޯއިން ބުންޏެވެ. ވިޔަފާރިވެރިން ބުނި ގޮތުގައި، މިރޭގެ ވަގުތެއްގައި ބޯޓުން ފިޔާ ކްލިއާ ކުރެވެން ފެށޭނެއެވެ. އެހެންވެ، މިރޭ ބާޒާރަށް ފިޔާ ނެރުމާއެކު ފިޔާގެ ދަތިކަން ހައްލުވާނެއެވެެ. އެސްޓީއޯއިން ފިޔާ ސްޓޮކެއް ގެނައުމަށް ނިންމިއިރު، އަގުތައް ކޮންޓްރޯލްކޮށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް ރޯދަމަހަށް އެސްޓީއޯއިން ތަކެތި އެތެރެކުރެއެވެ. އެގޮތުން، ފިޔާގެ އިތުރަށް ލޮނުމެދާއި ލުނބޮޔާއި އަލުވި ފަދަ ބާވަތްތައް މީގެކުރިން ވެސް އެސްޓީއޯއިން ބާޒާރަށް ނެރެފައި އެބަހުއްޓެވެ. ފާހަގަކުރެވޭ ގޮތުގައި، ފިޔާ ބަސްތާއެއް މިހާރު ބާޒާރުގައި ލިބެން ހުރީ 360 ރުފިޔާއަށެވެ. އަދި، ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ