މާލޭ ސިޓީގެ މޭޔަރަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވިއިރު މާލޭގެ މަގުތަކާއި ބިންތައް "ވިއްކާލާފައިވާ ކަމަށް" ތުހުމަތުތަކެއް ހުރިއިރު، އެ ގޮތަށް ދޫކޮށްފައިވާ ބިންތަކުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ދަފުތަރެއް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އާންމު ކުރާނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ބިމުގެ ދަފުތަރެއް އެކުލަވާލެވިފައި ނެތް ކަމަށެވެ. ނަމަވެސް އެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭން ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިމެއް، އެ ބިން ދޫކޮށްފައިވާ ފަރާތާއި ދޫކޮށްފައިވާ ބޭނުމާއި، ކުއްޔާއި މުއްދަތާއި ސީއެސްއާރު ހިމެނޭ ނަމަ އެ މައުލޫމާތު އަދި އެހެން މައުލޫމާތު ހިމަނައިގެން އާންމުކުރާނަން،" އާޒިމް ވިދާޅުވި އެވެ.
ބިންތައް ކުއްޔަށް ދޫކުރުމުގެ އުސޫލަށް ވެސް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. ކުރިން އަމަލުކޮށްފައި އޮތް ގޮތަކީ ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވާން ކައިރިވުމުން އިއުލާނު ކުރުމެއް ނެތި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ދެމުން ގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
"[ނަމަވެސް] ރައްޔިތުންނަށް އަދި ކައުންސިލަށް ވެސް ފައިދާ ވާނެ ގޮތަކީ އަލުން ބީލަމަށް ހުޅުވާލުން. މިއީ މާލިއްޔަތު ގާނޫނުގައި ވެސް އޮތް ގޮތް. ކުރިއަށް އޮތް ތަނުގައި އެއްވެސް ކޮންޓްރެކްޓެއް ރައްޔިތަކަށް ނުފެނި، ކައުންސިލަށް ނުފެނި އެއްވެސް ބޭފުޅަކަށް ލިބިގެން ނުދާނެކަމުގެ ޔަގީންކަން އަރުވަން،" އާޒިމް ވިދާޅުވި އެވެ.
މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުތައް ޕާކިން ޒޯންތަކަށް ވިއްކާލައި ގިނަ އަދަދެއްގެ ފައިސާ ކައުންސިލްގެ މެންބަރުން ނާޖާއިޒު ގޮތުގައި ނަގަމުން ދިޔަ ކަމަށް ތުހުމަތު ކުރެވިފައިވެ އެވެ. އަދި މާލޭ އާއި ވިލިމާލޭގައި ހުރި ބައެއް ހުސްބިންތައް ވެސް ވިޔަފާރިތަކަށް ވިއްކާލާފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މައުލޫމާތު ހާމަކުރަނީ މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މައުލޫމާތު ހާމަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ