އިސްރާއީލު ސިފައިން އަނެއްކާވެސް ފަލަސްޠީނުގެ 3މީހަކު ޝަހީދު ކޮށްލައިފި، އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ

އިޒްރޭލު ސިފައިން ޖެނިން ރެފިއުޖީ ކޭމްޕަށް ވަދެ ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައި 29 މީހުން ޒަޚަމްކޮށްލައިފި އެވެ.
އިޒްރޭލު ސިފައިން ޖެނިން ރެފިއުޖީ ކޭމްޕަށް ވަދެ ދިން މި އަމިޔާވެރި ހަމަލާގައި ޝަހީދުވި ތިން ޟީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނެއެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 21 އަހަރުގެ ޚާލިދު ދަރްވިޝް އާއި 19 އަހަރުގެ ކަސާމް ސާރިޔާ އާއި 15 އަހަރުގެ އަހުމަދު ސަކްރު ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި އޮޕަރޭޝަނަކީ ތުހުމަތު ކުރެވޭ ދެ މީހަކު ހޯދުމަށް ކުރިޔަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.
2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ ތަރުޖަމާނު ހަޒީމް ޤާސިމް ވިދާޅުވެފައިވަނީ “ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދު ހުއްޓާނުލާނެކަމަށެވެ.
ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ 165 މީހުން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހަމަލާދީ ޝަހީދުކޮށްލާފައިވާއިރު، މިދިޔަ ހަތް ދުވަހުގެ ތެރޭގައިވެސް ފަލަސްތީނުގެ ކުޑަކުއްޖަކަށް ހަމަލާދީވަނީ ޝަހީދުކޮށްލާފައެވެ
ވަފާ ނިއުސް އެޖެންސީން ބުނީ ރޭގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލު ސިފައިން ޖެނިން ރެފިއުޖީ ކޭމްޕަށް ވަދެ ލައިވް އެމިއުނިޝަން، ސްޓަން ގްރެނޭޑް އަދި ވިހަ ގޭސް ބޭނުންކޮށްފައިވާކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ