މާލޭގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މި މަހުގެ 11ގައި

މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ކަމަށް ރެކޯޑު ކުރެވިފައިވަނީ މި މަހުގެ 11 ވީ އަންގާރަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އޭޕްރީލް އަދި މެއި މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ. އެހެންކަމުން، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ ވަރު އިތުރު ވާނެ ކަމަށް ލަފާކޮށް، ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތަފްސީލް - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށެވެ.
"ކުރިއަށް އޮތް ދެ ހަފްތާގައި އަދިވެސް [ކަރަންޓު ބޭނުންކުރާ ވަރު] އިތުރުވުމުގެ ފުރުސަތު ބޮޑު. ސްޓެލްކޯގައި 120 މެގަވޮޓް[ގެ ކަރަންޓު] އުފެއްދުމުގެ ގާބިލްކަން ހުރި ނަމަވެސް ކަރަންޓު އިގްތިސޯދު ކުރައްވާ،" ޝަރީފް ވިދާޅުވި އެވެ.
މި ދުވަސްތައް ރޯދަމަހާ ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައި
ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެހެން ދުވަސްތަކާ ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު އިތުރުވެފައިވޭ
ގުޅުން ހުރި ކަމެއް - މި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ މަސް ކަމަށާއި ބައެއް ވަގުތުތަކުގައި ހޫނުކަން އިހުސާސްކުރެވޭ ވަރު 40 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ލަފާކޮށްފަ އެވެ.
އިތުރަށް ކިޔާލަން - ހޫނުކަން އިހުސާސްކުރެވޭ ވަރު 40 ޑިގްރީއަށް އަރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ