އެއްޖިންސުން ގުޅުން ހިންގި ނަސީރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައެއް ނުގަތް!
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ނޫސްވެރިޔާ، އަބްދުالله ނަސީރު އިބްރާހިމްގެ މައްސަލަ ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.ނަސީރު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް މަހެއްހާ ދުވަހު ޖަލުގައި ބޭއްވިއެވެ. ފުލުހުން އޭނާ ދޫކޮށްލާފައިވަނީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށްފަހުއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ދައުވާގައި އަސާސީ ކަންތައްތަކެއް ފުރިހަމަ ނުވާތީ އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނަސީރުގެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ.ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރިވިއުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް ހުށަހަޅައިފައެވެ. ނަމަވެސް އެނގިފައިވާގޮތުގައި ރަޖިސްޓްރާގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅީ ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ވެސް ހަމަވިފަހުންނެވެ.ފަހަކަށް އައިސް ފިރިހެނުންނާއި އަންހެނުން ވެސް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެއްޖިންސުން ގުޅުން ހިންގި ގިނަ ބައެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހްގީގު ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ހުކުމް ވެސް މިހާރު އިއްވައިފިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުޑަ ހުކުމެއް އައުމުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.އެގޮތުން އެކި ދުވަސްމަތިން ގިނަ އަދަދެއްގެ މީހުންނާ އެކު އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވި ބަންގްލަދޭޝްގެ އަލަމްގީރު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހަތް މަހާއި ހަތް ދުވަހަށެވެ. އެތަނުން ވީޑިއޯއަކުން ފެންނަ ގާނޫނީ ވަކީލް އަޙުމަދު ނާޒިމް އަބްދުއްސައްތާރަށް އިއްޔެ އިއްވީ ތިން މަހާއި 26 ދުވަހު ގޭގައި ބަންދު ކުރުމުގެ ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ