ބޭރު ފައިސާގެ ރިޒާވް އެންމެ ދަށްވެފައި ވަނީ މިދިޔަ މަހުގެ ތެރޭގަ: މެމްބަރު ޝަރީފް

ވޭތުވެދިޔަ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ތެރޭ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެންމެ ދަށްވެފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވެފައިމިވަނީ މިވަގުތު ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގައި ފައިސާ ހުރީ މަދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވިދާޅުވެފައިވަނިކޮށެވެ.
ޝަރީފް ކުރެއްވި ޓްވިޓެއްގައި ވަނީ މިއީ އިމްޕޯޓު ކުރާ އަސާސީ މުދަލުގެ އަގު ބޮޑުވުމުގެ ނަތީޖާ ކަމަށާއި ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 2009-2011 ވަނަ އަހަރުގެ ދުނިޔޭގެ މާލީ ކާރިސާގައި ބައެއް ފަހަރު ރިޒާވް ހުރީ މިހާރު ހުރި މިންވަރަށްވުރެ ދަށްވެފައިކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ރިޒާވް ދަށްވުމުގެ އަނެއް ސަބަބަކީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ޓޫރިސްޓުން އައި މިންވަރު ދަށްވުމާއި ކޮވިޑް-19 އަށް ފަހު ކަސްޓަމަރުންގެ ޑިމާންޑް އިތުރުވުން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ކޮވިޑު-19ގެ އެންމެ ބޮޑު ދުވަސްވަރު އިޤްތިސާދަށް އައި އެންމެ ބޮޑު ހީނަރުކަމުގެ ތެރޭގައި، އިޤްތިސާދީ ދުވެލި ރަނގަޅުވެ، ކުރިއެރުމަށް މަގު ފަހިކޮށްދިނީ، އަޅުގަނޑުމެންގެ މާލީ ޙާލަތު ވަރަށް ވިސްނުންތެރިކަމާއެކު މެނޭޖްކޮށްގެން ކަމަށް މެމްބަރު ކުރެއްވި ޓްވީޓުގައިވެއެވެ.
އެހެންވީމާ، އިޤްތިސާދީ ހަމަޖެހުން ގާއިމުކޮށް، ވިސްނުންތެރިކަމާ އެކީގައި ރިޒާވް މެނޭޖްކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އެބައޮތް ކަމަށް މެމްބަރު ވިދާޅުވިއެވެ.
އިދިކޮޅު ބައެއް ލީޑަރުން ރާޢްޖޭގެ ހާލަތާއި ސްރީލަންކާގެ ހާލަތާ އަޅާކިޔާއިރު، އެ ގައުމަކީ އިންސޮލްވެންސީގެ ނުރައްކަލެއް އޮތް ގައުމެއް ނޫން ކަމަށާއި އެހެންކަމުން ރާއްޖޭގެ އިންސޮލްވެންސީގެ މައްސަލައެއް ނުއުފެދޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ރިޒާވް ދަށްވުމަކީ ވަގުތީ ގޮތުން އިޤްތިސާދީ ޙަރަކާތްތައް ހިންގުމުގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ