ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރަން ފަށައިފި

ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ފެނަކައިން ބުނީ އެކުންފުނިން މިވަގުތު ބޭނުންކުރަމުން ދަނީ ގަޑިއިރަކު 75 މީޓަރު ޓެސްޓު ކުރެވޭ ވަރުގެ ފެންވަރު ހުރި ބެންޗެއް ކަމަށެވެ.
މި ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށެވެ.
މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ ދެ އިތުރު ދެ ސަރަހައްދެއްގައި ގާއިމް ކުރައްވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ހިދުތަމް ފެށޭނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ ގެ އަތޮޅު ތަކުގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި ކަމަށް ސައީދު ވިދާޅުވިއެވެ.
ފެނަކައިން ބުނީ މި ހިދުމަތް ހޯދުމަށް ފެނަކަ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑް ކޮށްގެން އަދި މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގެ ކައުންޓަރަށް މީޓަރު ހުށަހެޅުއްވުމުން މި ހިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެރަށެއްގެ ފެނަކަ އިންޖީނުގެއަށް ނުވަތަ ސައިޓަށް މީޓަރު ހިފައިގެން ދިއުމުންވެސް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ފެނަކައިން ބުނީ، މި ހިދުމަތް އެހެން ކުންފުނިތަކުން ނަގާ އަގާ ފެނަކައިން ނަގާ އަގުގައި ތަފާތެއް ނުހުންނާނެ ކަމަށެވެ. މީޓަރު ޓެސްޓް ކުރުމުގެ ޚިދުމަތް މިހާތަނަށް ދިނީ ސްޓެލްކޯއިން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ