މުޅި ފުވައްމުލަކުން ކަރަންޓް ކެނޑިއްޖެ

މުޅި ފުވައްމުލަކު ސިޓީން ކަރަންޓް ކެނޑިއްޖެ އެވެ.
ފެނަކަ އިން ބުނީ ފުވައްމުލަކުގައި ބެހެއްޓިފައި ހުރި ޖެންސެޓަކަށް ދިމާވި މައްސަލަ އަކުން މުޅި ރަށުން ކަރަންޓުގެ ޙިދުމަތް ކެނޑިފައިވާ ކަމަށެވެ. މައްސަލަ ހައްލުކޮށް މިހާރު އިންޖީންތައް ސްޓާޓްކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ބުނެ އެވެ.
ފެނަކަ އިން ވަނީ ކަރަންޓް ކެނޑުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް ނިހާޔަތައް މައާފަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ