ކޯޓުތެރެއިން ދައްކާލީ މުއިއްޒުގެ އަނިޔާވެރިކަމާއި، ނުފޫޒު! ޔާމީން ކޮންޓްރޯލް ކުރުމަށް އަލުން މައްސަލަ ބަލަން ނިންމީ މުއިއްޒު އަންގައިގެން! މައްސަލަ އަލުން ބަލަން ނިންމުމުން އެންމެ ބޮޑު ފައިދާއެއް ވަނީ މުއިއްޒަށް!

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލީ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ދެ ފަރާތުން ހުށަހެޅި އިސްތިއުނާފަށް ހުކުމް ކުރުން މިއަދު ކުރިއަށްދާ އިރު ޔޫސުފް ނައީމްގެ އިސްތިއުނާފަށް މިހާރު ވަނީ ނިންމައިފަ އެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ދައުލަތުން ހުށަހެޅި ސަޕްރައިޒް ނުވަތަ ކުއްލި ހެކިތައް ފުރުސަތު ދިނުމަށް ފަހު އެ ހެކިތައް ތައުނު ކުރުމަށް ދިފާއުއަށް ފުރުސަތު ނުދިނުމަކީ ދިފާއުގެ ހައްގުތައް ފޯރުކޮށްނުދެވުން ކަމަށެވެ.
މައްސަލާގައި ނިންމަންވީ ގޮތެއް ހައިކޯޓަށް ނިންމެން އޮއްވާ، އަލުން މައްސަލަ ބަލަން ނިންމާފައިވަނީ މުއިއްޒު ކޯޓަށް ނުފޫޒު ފޯރުވައިގެންނެވެ. މުއިއްޒު ބޭނުން ވަނީ ވެރިކަން ނިމެންދެން ޔާމީނަށް ބިރު ދައްކައިގެން ޔާމީން ތޯލާ ފުޅިއަކަށް ލައިގެން ގެންގުޅޭށެވެ.
ކުރިމިނަލް ކޯޓުން ދެން މައްސަލަ ބަލާނީ، މުއިއްޒު ބޭނުން ވާ ގޮތަށެވެ. މައްސަލަ ދިގު ދަންމައި، ޔާމީނު ޖަލުގައި ބޭންދުމަކީ މުއިއްޒު ބޭނުންވާ ގޮތެވެ. އަދި މި މައްސަލާގައި މިކަމުން އެއްވެސް އިންސާފެއް ދަށު ކޯޓަށް ފޯރުކޮށް ދެވިފައި ނުވެއެވެ.
ޔާމީނު މިނިވަން ކުރަން ތިމަންނާއަށް ވެރިކަން ދޭށޭ ބުނެގެން، ހުސް ގޮނޑިއެއް ބަހައްޓައިގެން ވެރިކަމަށް އައިސް، ޔާމީނު އުމުރަށް ޖަލު ގައި ބެހެއްޓޭތޯ މުއިއްޒު ދަނީ ކޯޓުތަކަށް އަތް ބާނައިގެން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ