ސްޓެލްކޯގެ ޚިދުމަތަކީ އެންމެ މުހިންމު ޚިދުމަތް ނަމަވެސް އަދި ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވެ ޑިމާންޑް ބޮޑުވަމުން އައިނަމަވެސް މިހައިތަނަށް އައިއިރުވެސް ޑިމާންޑަށް ކޭޓަރކުރެވޭނެ ވަރުގެ އިންޖީނު ހޯދިފައި ނެތުމަކީ ސްޓެލްކޯގެ ޚިދުމަތް ނުވަތަ ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ފާހަގަކުރައްވައިފިއެވެ.
މިއަދުނޫސް: މިހާރު ތިބޭފޫޅުންގެ ފެސިލިޓީސް ތިހިރަގޮތުން މިސާލަކަށް އިންޖީނަކަށް ކަމެއް ދިމާވެއްޖިއްޔާ ބޭރަށް އެއްޗަކަށް އޯޑަރު ނުކޮށް މާލެއިން އެކަން ހަމަޖެހޭވަރަށް ސްޕެއަރ އެބަހުރިތޯ މި ކޮޅުގަ؟
ޙުސައިން ފަހުމީ: އަބަދުވެސް ސްޕެއަރ އެބަހުރި އަޅުގަނޑުމެން އަތުގަ. ކްރިޓިކަލް އިންފްރާސްޓްރަކްޗާގަ ކްރިޓިކަލް ރިސްކަށް ބޭނުންވާ ހުރިހާ ސްޕެއާރސް އެބަހުރި އަޅުގަނޑުމެން އަތުގަ. އަޅުގަނޑުމެން އަތުގަ މައްސަލައަކީ ސްޕެއާރސް އެއް ނޫން. މައްސަލައަކީ އެޑީޝަނަލް ކެޕޭސިޓީ އަސްލު ނެތުން. ވާގޮތަކީ ހުރިހާ އިންޖީނެއް ހިންގާފަ މި ހުންނަނީ ހުންނައިރު އޭގެ އެންމެ އެއްޗެއް (އެންމެ އިންޖީނެއް) ޑައުންވިޔަސް އަޅުގަނޑުމެންނަށް ޑިމާންޑަށްވުރެ ސަޕްލައި ލޯ ވާނެ. އެހެންވެއްޖެއްޔާ އަޅުގަނޑުމެންނަށް ކަރަންޓް ކަނޑާލަން އެބަޖެހޭ ބައެއް ފަހަރު އެކި ދިމަދިމާލުން. ސްޕެއާރސް އަޅުގަނޑުމެން އަތުގަ އެބަހުރި. ހަމަ ފުދޭވަރަކަށް ރަނގަޅަށް ސްޕެއާރ ބަލަހައްޓާ، އޮރިޖިނަލް ސްޕެއާރ ގަނެގެން ބަލަހައްޓާ ކުންފުންޏަކަށް ސްޓެލްކޯ އަބަދުވެސް ވާނެ. އަޅުގަނޑުމެން އަތުގަ ސްޕެއާރޕާރޓްސް އެބަހުރި.
އޭގެ މާނައަކީ ސްޓެލްކޯ ހިންގަމުން އާދެވިފަ މިހިރީ ސްޓެލްކޯގެ ލިމިޓްތަކުގެ ތެރެއިން އެންމެ ރަނގަޅަށޭ. އެކަމު މީގަ މައްސަލައަކީ ކެޕޭސިޓީ ބިލްޑުކުރުމަށް ސަރުކާރުން އިންވެސްޓް ކުރުމުގަ އައިއްސަ އޮތް މައްސަލައެއް ދެއްތޯ މީ؟ އާދެ ޖުމްލަ ގޮތެއްގަ މޭލޭގެ އިޝޫ މި އުޅެނީ.
މިހާރުގެ ޙާލަތުހުރިގޮތުން އެންމެ އިންޖީނަކަށް ކަމެއް ދިމާވިޔަސް ޖެހެނީ ބައެއް ސަރަޙައްދުތަކުން ކަރަންޓް ކަނޑަން!: ޙުސައިން ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ