ހއ. ދިއްދޫ ފެނަކައަށް މަޖިލިސް އިންތިޚާބާ ދިމާކޮށް މުވައްޒަފުން ވެއްދި ވެއްދީނުން “ގޮނޑިއަށްވުރެ މުވައްޒަފުން ގިނަ ކުރާނެ”ކަމަށް އެރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ދިއްދޫގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުއްالله ރަޝީދު ވިދާޅުވީ ކަރަންޓުގެ އަސާސީ ޚިދުމަތްވެސް ފޯރުކޮށްދޭން ޖެހޭނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް އެކަނި ކަމުގައެވެ.
ތިހެން ފާޑު ފާޑު ޕަކަޑާ ޕަކަޑާ ކުރާނެ ކަމެއް ނެތް. ފެނަކައަށް ވައްދާނަން, އިރާދަ ކުރެއްވިއްޔާ ފެނަކައިގެ ގޮނޑިއަށްވުރެ މުވައްޒަފުން ގިނަ ކުރާނަން.
މަޖިލިސް އިންތިޚާބާ ދިމާކޮށް ފެނަކައަށް އެކްޓިވިސްޓުން ވައްދާނެކަމަށް ހާމަކުރަމުން އަބުދުއްالله ރަޝީދު ބުންޏެވެ.
މަޖިލިސް އިންތިހާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ބުނީ ކަރަންޓު ދޭކަން ވެސް ނަސީބެއް ކަމަށާއި، ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށެވެ.
ކަރަންޓު ކެނޑޭ ވާހަކަ ދައްކާއިރު، އިންތިހާބު ނިމެންދެން ކަރަންޓު ދޭންވީ ހަމައެކަނި ޕާޓީ މެމްބަރުންނަށް ކަމަށް އަބްދުﷲ ރަޝީދު ބުނި އެވެ.
ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން.
އަބްދުﷲ ރަޝީދު ބުނި އެވެ.
ފެނަކައިގެ އެސިސްޓެންޓު މެނޭޖަރު ކަމަށް އަބްދުﷲ ރަޝިދު އައްޔަނުކުރީ ފެބްރުއަރީ، 5 ވަނަ ދުވަހު އެވެ.
ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓުގެ މަސައްކަތަށް ފެނަކައަށް ނަގާފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން މި ސަރުކާރުން ވެރިކަމާ ހަވާލުވެ ވަނީ ނޯޓިސް ވެސް ދިނުމެއް ނެތި ވަކިކޮށްފައިކަން ފާހަގަކުރެވެ އެވެ.
އޭގެ އިތުރުން, ޅ. ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ޖަލްސާގައި ގޮވާލި މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މަޖިލިސް އިންތިހާބުގައި ކެމްޕޭން ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު، އޭސީސީ އާއި އިލެކްޝަންސްއިން އަންނަނީ އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.
ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް, ދިއްދޫ ފެނަކައަށް މުވައްޒަފުން ވެއްދި ވެއްދީނުން “ގޮނޑިއަށްވުރެ މުވައްޒަފުން ގިނަ ކުރާނެ”ކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ