މާފުށީ ކައިރީ އޮތް ސަފާރީއަކުން ގިނައަދަދެއްގެ ބަނގުރާ ހޯދާ މީހަކު ހައްޔަރުކޮށްފި

މި މައްސަލައާ ގުޅިގެން 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ކ. މާފުށީ ކައިރީ އޮތް ސަފާރީއަކުން ގިނައަދަދެއްގެ ބަނގުރާ ހޯދާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައިފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓާއި ފޮރެންސިކް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ