ވެރިކަން ލިބިވަޑައިގެންފިނަމަ ފްލެޓްތަކުގެ ކުއްޔާއި ރައްޔިތުން ނަގާފައިވާ އެކި ލޯނުތައް މާފުކޮށްދެއްވަން ބޭނުންކުރައްވާނެ "ފޯމިއުލާ" ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހާމަކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުމާލޭ ފޭސް 2 ގައި ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ހިޔާ ފްލެޓްގެ ކުއްޔާއި، ސްޓޫޑެންޓް ލޯން އަދި އެސްއެމްއީ ލޯނު މާފުކޮށްދިނުމަށް އެމަނިކުފާނު ވެފައިވާ ވައުދު ނުފުއްދައިދޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވަމުންދާ ކަމަށާއިއެ ވައުދުތައް ވެވަޑައިގެންނެވީ އެކަން ކުރާނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
ގާސިމް ވިދާޅުވީ ލޯނުތަކާއި ކުލި މައާފްކޮށް ދޭނީ ސަރުކާރުތަކުން ކޮރަޕްޝަނަށް ހަރަދު ކުރާ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. އޭރުން ހައުސިންގ ލޯނުތަކާއި އެސްއެމްއީ ލޯނުތަކުގެ އިތުރުން އެހެން ލޯނުތައްވެސް މާފުކޮށްދެއްވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ވާހަކަފުޅުގެ ތެރެއިން ގާސިމް މިސާލް ނެންގެވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން މާލޭގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލެވެ. އެގޮތުން ގާސިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އަޅަން ހަވާލުކުރީ 52 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލެއް ހުށަހަޅާފައި އޮއްވާ 152 މިލިއަން ޑޮލަރަށް ކަމަށާއި އެކަން އެގޮތަށް އެ ސަރުކާރުން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ހުއްދަ ވެސް ނުލިބެނީސް ކަމަށެވެ.
މިއާއި އެކު އެމަޝްރޫއުން 100 މިލިއަން ޑޮލަރު ކޮރަޕްޝަންގެ ގޮތުގައި ބޭކާރުވެގެން ދިޔަކަމަށް ގާސިމް ވިދާޅުވިއެވެ. އަދި 40 މިލިއަން ޑޮލަރަށް ދަރުމަވަންތަ ހޮސްޕިޓަލަށްވުރެ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެމަނިކުފާނު އަޅައިދެއްވީސް ކަމަށް ގާސިމް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ލޯނުތަކާއި ކުލި މާފްކޮށްދޭނެ ފޯމިއުލާ ގާސިމް ހާމަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ