ކަރީމް ބެންޒެމާ އަދި ވިނީސިއަސް ޖޫނިއަ، ކޯޓުއާ އާއި މިލިޓާއޯ ފަދަ ކުޅުންތެރިންނާއި ނުލައިވެސް ރެއާލް މެޑްރިޑަށް ކާމިޔާބު ހޯދޭނޭ ކަމަށް އެ ކުލަބުގެ ކޯޗު ކާލޮސް އެންޗެލޮޓީ ބުނެފިއެވެ.
ސްޕެނިޝް ލީގުގައި ރޭ ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅެ 0-1 އިން މޮޅުވި މެޗުގެ 10 ވަނަ މިނެޓުގައި ފޯވަޑް ވިނީސިއުސް ނޫނިއާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ވިނީސިއުސްގެ ބަދަލުގައި ކުޅެން އެރުވީ ޖޯސޭލޫއެވެ.
މެޗަށް ފަހު ވިނީސިއުސްގެ އަނިޔާއާއި ގުޅޭގޮތުން މީޑިއާ އާއި ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ ވިނީސިއަސްގެ އަނިޔާއާއި ގުޅިގެން ސީދާ ވަކި އެއްޗެއް ބުނަން އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައި ކަމަށެވެ. އަދި އަނިޔާގެ ކުޑަބޮޑުކަން ވެސް އެނގޭނީ ޓެސްޓުތަކަށް ފަހުގައި ކަމަށް ކޯޗު ބުންޏެވެ.
ވިނީސިއުސްގެ އަނިޔާއާއި ގުޅިގެން އޭނާ ނެތުމުން ކުލަބަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއްތޯ މީޑިއާއިން ކުރި ސުވާލަށް ޖަވާބުދެމުން އެންޗެލޮޓީ ބުނީ ވިނީސިއުސް އާ ނުލާވެސް ރެއާލް އަށް ކާމިޔާބު ހޯދޭނޭކަމަށެވެ. އަދި ބެންޒެމާ، މިލިޓާއޯގެ އިތުރުން ކޯޓުއާއާއި ނުލާވެސް ރެއާލް އަށް ކާމިޔާބު ހޯދޭނޭ ކަމަށް އޭނާ ބުންޏެވެ.
އެންޗެލޮޓީ ބުނީ ރެއާލް އަށް މިވަގުތު އިތުރު ކުޅުންތެރިިއެއްގެ އެހީތެެރިކަމެއް ބޭނުން ނުވާކަމަށާއި، ރެއާލް އަށް ދެން މި ސީޒަނުގައި އިތުރު ކުޅުންތެރިއެއްގެ ސޮއެއް ވެސް ނުހޯދާނޭކަމަށެވެ.
މީގެއިތުރުން އެންޗެލޮޓީ ބުނީ ރެއާލްގެ ކޮންމެ ޑިޕާޓްމަންޓެއް ވެސް އޮތީ ވަރުގަދަކޮށް ފުރިހަމަކޮށް ކަމަށާއި ލަނޑުޖަހަން ވިނީސިއުސް އެއްވެސް އަދި ބެންޒެމާއެއްވެސް ބޭނުން ނުވާނޭކަމަށެވެ.
ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ޑރ.މުއިއްޒު މިއަދު ފުވައްމުލަކަށް، ހޫނު މަރުހަބާއެއް ކިޔުމެއް ތައްޔާރުވަނީ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކޮށްފި ހުޅުމާލެ އިން ދިވެހި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ