ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ ހަވީރު: އިލެކްޝަން

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަ ތަރުތީބު ކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ކަމަށް  އިލެކްޝަނަކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މާދަމާ ހަވީރު 4:30 އިން 5:30 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮންނާނެ ކަމަށެވެ.
މިބައްދަލުވުމުގައި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުންގެ މަންދޫބަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި ކެންޑިޑޭޓުގެ ބަދަލުގައި ބައިވެރިވަނީ ކާކުކަން ބަޔާންކުރަމުން ކެންޑިޑޭޓުގެ ސިޓީއެއް އިލެކްޝަނަށް ހުށަހެޅުމަށް ވެސް އެކޮމިޝަނުން ވަނީ އެދިފައެވެ. މަންދޫބަަކަށްވެސް ބައިވެރިނުވެވޭނަމަ ދެން ގުރުތު ނަގާނީ އިލެކްޝަނުން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާއިރު އޭގެތެރޭގައި ހިމެނޭ ޕާޓީގެ ޓިކެޓްގައި ވާދަކުރާ 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ. މި ކެންޑިޑޭޓުންނަކީ:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ