އުމަަރުގެ ޓީމުން މަޖިލީހުގެ ހުރިހާާ ގޮނޑިއަކަށް ވާދަކުރަނީ!

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ އުމަރު ނަސީރުގެ ޓީމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރާނެ ކަން އިއުލާންކޮށްފިއެވެ.
އެކަން އިއުލާންކުރީ ރިޔާސީ އިންތިހާާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދުކުރުމާ ގުޅޭ ގޮތުން އުމަރު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިރާދަ ކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ގޮނޑިއަކަށް ވާދަކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. އަދި އަޅުގަނޑުމެން ވާދަކުރާނީވެސް އަޅުގަނޑުމެން ގެންގުޅޭ ސްލޯގަންގައި. އަޅުގަނޑުމެން ވަކާލާތު ކުރާ ކަންކަމުގައި ހިފައިގެން އަޅުގަނޑުމެން ވާދަކުރަމުންދާާނީ. ފަހަރެއްގައި ހިތަަށް އަރާފައި ގޮނޑިއެއް ވިން ނުވެދާނެއޭ. މައްސަލައެއް ނެތް. އަޅުގަނޑުމެން ކަންބޮޑެއް ނުވޭ.". އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ގޮނޑިއެއް ކާމިޔާބު ނުކުރެވުނަސް ތިބީ ވާދަކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި އޭނާގެ މެސެޖު ރާއްޖޭގެ ހުރިހާ ގެއަކަށް ވަންނާނެ ކަމަށް ވިދާޅުވިއެވެ.
"ލަކުޑި ގަނޑަކަށް މޮހޮރެއް ނުވަންނާނެ އެއްފަހަރު ޖަހައިގެންނެއް. ލަކުޑިގަނޑަކަށް މޮހޮރެއް ވަންނާނީ ތިން ހަތަރު ފަހަރު ޖަހައިގެން. އެހެންވީމާ އަޅުގަނޑުމެން މި ގެންނަ މެސެޖު ރާއްޖޭގެ ހުރިހާ ރަށެއްގެ ގެޔަކަށް ވަންނަންދެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.". އުމަރު ވިދާޅުވިއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އުމަރު ވަނީ ހަތަރު ވަނަ އެންމެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ 6231 ވޯޓެެވެ. މާބޮޑު ކެމްޕޭންއެއް ނުކޮށް ހަތަރު ވަނައަށް އެންމެ ގިނަ ވޯޓޫ ހޯއްދެވުމުން އެއީ ވަރަށް ބޮޑު ކާމީޔާބީއެއް ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ