ދިރާގުން މަމްސް އެއިޑްގެ “ބެކް ޓު ސްކޫލް” ޕްރޮގުރާމަށް އެހީތެރިކަން ފޯރުކޮށްދެނީ! ކްލަބް މޯލްޑިވްސް މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު! އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު! ބޮޑު ޗުއްޓީ ސޭލް ގެ ނަމުގައި ދިރާގުގެ ޚާއްސަ ޕްރޮ

އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ތައާރަފް ކޮށްފިއެވެ.
މި ކޮންކުއެސްޓް ބޭއްވުމަށް ނިންމާފައިވަނީ 28 ޖުލައި އިން 5 އޮގަސްޓްއަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް މި އުފާވެރި ޚަބަރު ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ހަފުތާ ކުރީކޮޅު ވަނީ އިއުލާނުކޮށްފައެވެ.
ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވަނީ 26 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 00:00ގެ ނިޔަލަށް ޙާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އުމުރުން 15 އަހަރުން މަތީގެ ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. ކޮންމެ ޓީމަކަށް 5 ކުޅުންތެރިން ނަށް ފުރުސަތު ދެވޭނެ ގޮތަށް 40 ޓީމެއްގެ ލިމިޓެއް އޮތުމުން ވީއެންމެ އަވަހަކަށް ރަޖިސްޓްރީ ކަށަވަރުކުރުމަށް ދިރާގުން އިލްތިމާސްކުރެއެވެ.
މުބާރާތުގެ ފުރަތަމަ 7 ދުވަސް އޮންލައިންކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިރާގު ޔޫޓިއުބް ޕޭޖުން މި މެޗުތައް ލައިވް ކުރެވިގެންދާނެއެވެ. 5 އޯގަސްޓުގައި ބޭއްވޭ ގްރޭންޑް ފިނާލޭ ވެގެންދާނީ ފުލް ޑޭ ފިޒިކަލް އިވެންޓަކަށެވެ. ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭފަދަ ފޯރިގަދަ އިވެންޓަކަށް ވެގެންދާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.
މޮބައިލް ލެޖެންޑްސް އަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ.
މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓުވެސްމެއެވެ. ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ