ބަތޫލް އެމްޑީޕީ އަށް ސޮއި ކޮށްފި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސާލިހު ހިންނަވަރަށް ވަޑައިގެންފި ގާސިމް އިބްރާހިމްގެ ކެމްޕެއިން ޓީމު ދެ އަތޮޅަކަށް ފުރައިފި ރައީސް ސާލިހުގެ ދެކަނބަލުން އީދު ފާހަގަކުރެއްވުމަށް ތޮއްޑޫއަށް ވަޑައިގެންފި މަގުބޫލު ލިޔުންތައް އ

އެންމެ ފުރިހަމަ ސަސްޓެއިނަބަލް “ހެލްތު ސްކީމެއް” ޤާއިމް ކޮށްދެއްވޭނީ ޖުމްހީރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އަށް ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ޑިޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ޖެންޑަރ ކޮމެޓީގެ ޗެއަރ ގެ މަގާމު ވެސް ފުރުއްވާ ނިޝާމާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ބޭސްފަރުވާއަށް ސަލާން ޖަހަންނުޖެހުނު އެއްވެސް ވެރިކަމެއް އައިތޯ؟ ސުވާލު ކުރައްވާފައެވެ. އަދި މިއަދުވެސް، ބޮޑު ބައްޔެއްވެގެން ތިމާގެ ދެލޮލުގެ ދެ ނޫރު ފަދަ ލޯބިވާ ދަރިފުޅުގެ ބޭސްފަރުވާ، ދާއިރާގެ MP އަރިހު ސަލާންޖަހައިގެން ވެސް އާސަންދައިން އެކީ ކަވަރ ކުރެވުނުތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ.
މީގެ އިތުރުން ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތިބަލިތަކަކީ ނިކަމެތި މީހާ އަދި ޢާއިލާތަށް މަގުމަތި ކުރުވައި، ގޮތްހުސްވެ، އެތަށްބަޔަކު ކައިރީ ސަލާންޖަހަން ޖެހޭ ހިތްދަތި ވޭންތަކެއްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
“މިރާއްޖޭގައި އެންމެ ފުރިހަމަ ސަސްޓެއިނަބަލް “ހެލްތު ސްކީމެއް” ޤާއިމް ކޮށްދެއްވޭނީ، ރައްޔިތުންގެ ވޭނާއި ކެކުޅުންތައް އެންމެ ގާތުން އަޑުއައްސަވައި އެ ފަރާތްތަކަށް ދީލަތި އެހީތެރިކަން މެދުކެނޑުމެއްނެތި ވެދެއްވާތާ 30 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ހަމައެކަނި ފަރާތް، ޖޭޕީ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަށް.” ނިޝާމާ ވިދާޅުވިއެވެ.
ނިޝާމާ އިތުރަށް ވިދާޅުވީ “މިއީ ތިޔަބޭފުޅުންގެ އުންމީދުތަކަށް ހަޤީގީ ކުލަޖައްސަންވީ ފަހަރު” ކަމަށެވެ.
ނިޝާމާ މިފައިން ވިދާޅުވެފައިވާއިރު، ގާސިމް އިބްރާހިމްގެ ކެމްޕެއިން ޓީމުތައް މިހާރުވަނީ އަތޮޅުތަކުގައި ކެމްޕެއިން ފަށާ، ދޮރުން ދޮރަށް ހިނގާ، މެނިފެސްޓޯ އަށް އަހުލުވެރިކުރުމާ، ރައްޔިތުންގެ ޚިޔާލު ހޯދަމުންނެވެ.
ސެޕްޓެމްބަރ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ގާސިމް އިބްރާހިމް ކަމުގައި ކަނޑައަޅާފައިވަނީ ރިޔާސީ ޕްރައިމަރިއަށް ހުޅުވާލުމުން އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި އެމްއެންޕީގެ ރައީސް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އާއި ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ