ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ފަރު ވިއްކުމުގެ މުއާމަލާތް ހުއްޓުވުމަށް އެންގި އެންގުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބާތިލުކޮށްފި އެވެ.
ވިހި މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ މުއާމަލާތް އޭސީސީން ހުއްޓުވީ ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ މައްސަލަ އޭސީސީއަށް ހުށަހަޅީ އަމިއްލަ ފަރާތަކުންނެވެ.
ވާވެއްދިފަޅު ވިއްކުން ހުއްޓުވުމަކީ ވިޔަފާރިއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެ މުއާމަލާތް މަޑުޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީއަށް އެންގި އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެގޮތަށް ނިންމީ އެ މުއާމަލާތް މަޑުޖައްސާފައި ބާއްވަން އެންގި އެންގުން ދަމަހައްޓަންޖެހޭ ކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އެމްޑީޕީއާ އެކު ދެވަނަ ދައުރަކަށް ކޯލިޝަންގައި ދެމިތިބެން ރައީސް ދެއްވި ދައުވަތު ގާސިމް ގަބޫލުނުކުރައްވައި ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ.
މިއާއެކު ސަރުކާރުގެ ގިނަ ހުށަހެޅުންތަކެއް ޖުމްހޫރީ ޕާޓީއަށް އަންނަނީ ހުށަހަޅަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގަ އެވެ.
އެ މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.
ގާސިމް ނުވިއްކިގެން އުޅުއްވި ފަޅު ވިއްކޭނެ ގޮތަށް އަމުރު ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ