ޖޭޕީގެ ނިންމުން ގާސިމް ސާފުކޮށް ދެއްވައިފި

"އަޅުގަނޑުމެން ކެމްޕެއިންގައި ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމަންޓްތަކުން ފެންނަން ހުރި ގޮތުންނާއި މި ހުރިހާ އެއްޗެއްގެ މައްޗަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަތައް އެއީ ތެދު ވާހަކަތައް ކަމަށް އަޅުގަނޑުމެންނަށް ޕްރޫފްވާތީ"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖުމްހޫރީ ޕާޓީން ނިންމި ސަބަބު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސާފުކޮށް ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލްވުމެއް ބާއްވާފައެވެ. ދިގުކޮށް ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލްވުމަށް ފަހު ކައުންސިލްގެ ނިންމުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހާމަކުރައްވާފައެވެ. ގާސިމް ވިދާޅުވީ ޖޭޕީގެ ނިންމުމަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުން ކަމަށެވެ.ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ހަގީގީ ވާހަކަތައް ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރައްވަނީ ރައީސް ސޯލިހާއި ޑރ. މުއިއްޒާ މެދު ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް ކަމަށް ބެލެވެއެވެ. ގާސިމް ވިދާޅުވީ ފެނިވަޑައިގެންފައިވާ ޑޮކިއުމަންޓްތަކާއި އެހެން ކަމުން ކަމުން ވެސް ކެމްޕެއިންގައި ދެއްކެވި ވާހަތަކަކީ ހަގީގަރެއް ކަމަށް އެނގެން އެބައޮތް ކަމަށެވެ.ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަނީ އެހެން ވެގެން ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުމެން ކެމްޕެއިންގައި ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމަންޓްތަކުން ފެންނަން ހުރި ގޮތުންނާއި މި ހުރިހާ އެއްޗެއްގެ މައްޗަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކަތައް އެއީ ތެދު ވާހަކަތައް ކަމަށް އަޅުގަނޑުމެންނަށް ޕްރޫފްވާތީއާ އެކީގައި މި ފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކޮށް ސައިލަންޓްކޮށް ތިބޭނީ، ތިބެފައި އަޅުގަނޑުމެން މަސައްކަތް ކުރާނީ އަޅުގަނޑުމެންގެ ޕާޓީ ކުރިއަރުވަން،" ގާސިމް ވިދާޅުވި އެވެ.ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގާސިމް އެންމެ ބޮޑަށް ދެއްކެވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައާ ގުޅޭގޮތުންނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާއި ހިލާފަށް ކަމަށާ އެއީ ރައީސް ސޯލިހް ގާނޫނާއި ހިލާފުވެވަޑައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ. ހަނިމާދޫއަށް ވަޑައިގެންނެވިއިރު އިންޑިއާ ސިފައިން ފެނިވަޑައިގެން ކަމަށާ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވިއިރު އިންޑިއާ ސިފައިން އެ ސަރަހައްދުން އެތަށް ފަހަރަކު ދަތުރުކޮށް ހެދި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އެ ގައުމުންް އެދޭ ގޮތަށް އިންތިހާބުގެ ނަތީޖާ ނުލިބިއްޖެނަމަ ދިވެހީންނާއި ހަނގުރާމަ ކުރަންތޯ ވެސް ގާސިމް ސުވާލު ކުރައްވާފައިވެއެވެ.މީގެ އިތުރުން މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އޮތް އަނިޔާވެރި ކަމުގެ ވާހަކަ ވެސް ގާސިމް ވަނީ ތަކުރާރުކޮށް ދައްކަވާފައެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ