ސައިންސް އެންޑު ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ބޭރު ކުރީ އެއްވެސް އަސާސެއް އޮވެގެން ނޫންކަމަށާއި އެކަން ބަލައި ނުގަނެވޭނެކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެގޮތުން އިންޓަނެޓުގެ އަގު ހެޔޮ ނުކުރި ކަމަށް ބުނެ މަލީހު މަގާމުން ބޭރު ކުރުމަކީ އަސާސެއް އޮވެގެން ކުރި ކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަލީހު ވަޒީރުކަމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ 59 މެމްބަރުންގެ ވޯޓުންނެވެ. މި
އަދުގެ ޖަލްސާގައި ޖަވާބު ދާރީ ވަރުމުން މަލީހު ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ކުރިއަށްދާ ޒާތީ މައްސަލައެއް ކަމަށެވެ.
މަލީހު ވަކި ކުރީ އަސާސެއް އޮވެގެނެެެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ