އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިދިކޮޅު އެމްޑީޕީން ވާދަކުރާ ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވައިފި އެވެ. 
އެލްޖީއޭގެ ބޯޑަށް މެންބަރަކު އިންތިހާބުކުރަން ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އާއި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އަދި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ އެވެ. 
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
އެމްޑީޕީން ކައުންސިލް ރައީސުންގެ މެދުގައި ބޭއްވި އިންތިހާބު މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު ކާމިޔާބުކުރެއްވީ ރ. ރަސްގެތީމު ކައުންސިލްގެ ރައީސް ހަސަން ރަޝާދު އާއި ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް އަދި ލ. ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރާ ވާދަކުރައްވައިގެންނެވެ. 
ޑަބްލިއުޑީސީގެ ރައީސުންގެ މެދުގައި އެމްޑީޕީން ބޭއްވި އިންތިހާބު ލ. ގަމު ޑަބްލިއުޑީސީގެ ރައީސް ކާމިޔާބުކުރެއްވީ ރ. ދުވާފަރު ޑަބްލިއުޑީސީގެ ރައީސް އާއި ފުވައްމުލައް ސިޓީގެ ޑަބްލިއުޑީސީގެ ރައީސް އާއި މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސް އަދި ގއ. ކޮނޑޭގެ ޑަބްލިއުޑީސީގެ ރައީސްއާ ވާދަކުރައްވައިގެންނެވެ. 
ސިޓީ ކައުންސިލުގެ ތެރެއިން އެމްޑީޕީން ބޭއްވި އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު އާތިފް އެކަނި ކުރިމަތިލެއްވުމުން އޭނާއަށް އިންތިހާބަކާ ނުލައި އެލްޖީއޭގެ ބޯޑަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވުމުގެ ފުރުސަތު ފަހިވި އެވެ. 
އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރު 12:00 ޖެހުމާ ހަމައަށެވެ. ވާދަކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންތިހާބުގެ ވޯޓުލުން އޮންނާނީ އޯގަސްޓް 8، ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 16:00 އަށެވެ.  ނަތީޖާ އިއުލާންކުރަން ހަމަޖެހިފައިވަނީ އޮގަސްޓް 11، ގަ އެވެ. 
އެލްޖީއޭގެ ބޯޑުގައި މިހާރު ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޒަމީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ