ރާއްޖޭގައި ނޫސްވެރިކަން އޮތީ ބިރުވެތި ހާލަތެއްގައިކަން ސިފަކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން (އެމްޖޭއޭ) އިން ސަންދޯކެއް ހިފައިގެން ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖު ކޮށްފިއެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނީ، މި އިހުތިޖާޖަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކަކާއި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ބޭއްވި ހަރަކާތެއެއް ކަމަށެވެ. އިތުރަށް އެމްޖޭއޭއިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށެވެ.
އެމްޖޭއޭއިން ސަންދޯކެއް ހިފައިގެން ރައީސް އޮފީސް ކުރިމައްޗަށް ގޮަސްފައިވާއިރު އޭގައި ލިޔެފައިވަނީ ‘ޕްރެސް ޕްރީޑަމް 2008 އިން 2026’ މިހެން ޖަހާފައެވެ.
މި އިހުތިޖާޖުގެ ބައިވެރިން ބުނީ މި ސަންދޯކުން ރަމްޒުކޮށް ދެނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަން މަރުވެ، ވަޅުލެވިފައިވާ ކަމެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާކަން ދައްކުވައި ދިނުމަކީ މި ހަރަކާތުގެ މައިގަނޑު މަގްސަދު ކަމަށް ބުނެފައި ވެއެވެ.
މާފުށީ ޖަލަށް މަނާ ތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް: ރައީސް މިކްސްޗަރުގެ ގްރިންޑަރަށް މިތަކެތި ނުއަޅާތި! މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ