ޕާމާ ބަލިކޮށް އިންޓަރ މިލާނުން 21 ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

އިޓާލިއަން ސެރިއާގެ ޗެމްޕިއަންކަން 21 ވަނަ ފަހަރަށް އިންޓަރ މިލާނުން ހޯދައިފި އެވެ.
އިންޓަރ މިލާނުން މި ފަހަރުގެ ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ޕާމާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންޓަރ މިލާނުން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި މާކަސް ތުރާމް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ހެންރިކް މިޚްތާރިޔަން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން އިންޓަރ މިލާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާ އާއިއެކު އިންޓަރ މިލާނަށް ވަނީ ލީގުގައި ބާކީ ތިން މެޗު ކުޅެން އޮއްވާ ޖުމްލަ 82 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ދެވަނައިގައި އޮތް ނަޕޮލީ އަށް ލިބިފައިވަނީ 72 ޕޮއިންޓެވެ.
އިންޓަރ މިލާނުން މި މެޗަށް ނިކުތްއިރުވެސް ޕޮއިންޓެއް ހޯދައިގެން ލީގު ޗެމްޕިއަންކަން ލިބިގެންދާއިރު މިއީ 2024 ވަނަ އަހަރަށްފަހު އެ ޓިމަށް ސެރިއާގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ