މާލެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މޫސުން ގޯސްވެ، ރީދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ، ލ. އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް، މިއަދު 13:00 އާއި ހަމައަށް ރީނދޫ ސަމާލު ނެރިފައެވެ. މި ވަގުތުގެ ތެރޭގައި މިސަރަހައްދަށް ބާރަށް ގުގުރުމާއެކު، ކެރީގެ އަސަރު ފޯރާ ގުގުރާނެކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ޖުމްލަކޮށް މުޅި ރާއްޖެއަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެކަމަށް ވެސް މީޓިއޮރޮލޮޖީ އިން ވަނީ ލަފާކޮށްފައެވެ. މިގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، މެދު ރާއްޖެތެރެއާއި ދެކުނަށް ބޯކޮށް ވާރޭވެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށްވެސް މީޓިއޮރޮލޮޖީއިން ވަނީ ލަފާކޮށްފައެވެ.
ރޭގެ ފަތިހުގެ ވަގުތުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީވެ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ ދެމޫސުން ބެދޭ ވިއްސާރަކަމަށް މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.
ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ