ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުުގެ ޖާގަ އިތުރުކުރުމަށްޓަކައި އެ މަސައްކަތް ބަޔަަކާއި ހަވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޝުކުރު ދަންނަވައިފިއެވެ.
އެބޭފުޅާ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، ރައީސް ޞާލީހް ނޮޅީވަރަމް ދާއިރާގެ ނޮޅިވަރަމް އާއި ނޮޅީވަރަންފަރަށް ކޮށްދެއްވާ ކަންތައްތަކަށް ހިތުގެ އެންމެ ފުންމިން ޝުކުރު ދަންނަވާކަމަށެވެ.
https://twitter.com/MNA_MosTaaA/status/1171144806845648897
ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްްސްއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެމަސައްކަތް ކުރުމަށް ދައުލަތުގެ ބަޖެޓުން ވަނީ 1،868،254.73 (އެއް މިލިއަން އައްސަތޭކަ ފަސްދޮޅަސް އައްހާސް ދުއިސައްތަ ފަންސާސް ހަތަރު ރުފިޔާ، ހަތްދިހަ ތިން ލާރީ) ހަރަދުކުރުމަށް ހަމަޖެހިފައެވެ.
ނޮޅިވަރަންފަރުގެެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރަމަށް އަލަށްް އަޅައި އިމާރާތުގައި ޖެނެރަލް އޮފީސް، މީޓިންގް ރޫމް، ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ކައުންސިލިންގް ރޫމެއްވެސް ހިމެނޭނެއެވެ. އަދި މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ، ލޯންޑްރީ ގެ އިތުރުން ގަރާޖެއްވެސް ހިމެނެނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރުގެ ޝުކުރު ރައީސް ޞާލިހް އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ