ކޮންޓްރޯލާ ދެއްވި ޔަގީންކަން: މާރާމާރީ ހިންގި ބިދޭސީން ހޯދާ ފިޔަވަޅު އަޅާނަން

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީން ހޯދާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދެއްވައިފި އެވެ. 
މިއަދު ހިނގި މާރާމަރީގެ މަންޒަރުތައް ފެންނަ ވީޑިއޯއާ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ. ކޮންމެ ހުކުރު ދުވަހު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން އާޓިފިޝަލކް ބީޗު ސަރަހައްދަށް ޖަމާވެ އެވެ.މާރާމާރީ ހިނގީ ދެ ގުރޫޕެއްގެ މެދުގަ އެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުން މާރާމާރީ ހިންގީ އިންޑިއާ ބައެއްގެ މެދުގަ އެވެ. އެ މީހުން މާރާމާރީ ހިންގުމުގެ ތެރޭގައި އެ ވަގުތު އެ ސަރަހައްދު ގައި ހުރި ދިވެހި ކުޑަކުއްޖަކަށް ވެސް އަނިޔާވި އެވެ.ފުލުހުން އެ ސަރަހައްދަށް ދިޔައީ ވެސް މާރާމާރީ ހިންގި މީހުން އެ ތަނުން ދިޔަ ފަހުންނެވެ. އެ ސަރަހައްދު ގައި ފުލުހުން ގަވާއިދުން ޑިއުޓީ ކުރަމުން ދިޔަ ނަމަވެސް އަދި ފުލުހުންގެ ޕޯސްޓެއް ހުރި ނަމަވެސް އެ ވަގުތު އެ ސަރަހައްދު ގައި ފުލުހަކު ނެތް ކަމަށް ވެ އެވެ.އެކަމުގެ ކަންބޮޑުވުން އޮއްވާ ކޮންޓްރޯލާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު  ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މި ފަހުން ވަރަށް ގިނައިން އެ ސަރަހައްދު ގައި ބިދޭސީން މާރާމާރީ ހިންގަ އެވެ. ބިދޭސީންގެ ގިނަ ބަޔަކު ހަފްތާ ބަންދު ގައި އެ ސަރަހައްދަށް އެއްވެ އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް އަމަލުތައް ބަހައްޓަ އެވެ. ދިވެހީންގެ ގިނަ ބަޔަކު ވެސް ކުޑަކުދީން ގޮވައިގެން އެ ސަރަހައްދަށް ދާއިރު މި ފަހުން އެ ސަރަހައްދުގެ ކޮންޓްރޯލް މުޅިންހެން އޮންނަނީ ބިދޭސީންގެ އަތްމަތީގަ އެވެ.އެކަން ހުއްޓުވާ އެ ސަރަހައްދު ހަމައަކަށް އެޅުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ފުލުހުން ނުކުރެ އެވެ.އެ ސަރަހައްދުގެ ހާލަތު އެގޮތަށް އޮންނާތީ އަދި ދޭތެރެ ދޭތެރެއިން ބިދޭސީންގެ މާރާމާރީތައް ހިނގާތީ އެކަން ބައެއް ނޫސްވެރީން ފުލުހުންގެ ސަމާލު ކަމަށް ގެންނަތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމާއި ގުޅިގެން ސުވާލުކުރުމުން އެކަށީގެންވާ ޖަވާބެއް ވެސް ފުލުހުން ނުދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ